ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ބޭއްވެވުމަށް ހަމަޖައްސަވާފައިވާ އެއްވުމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިރޭ 9:00 ގައި ސަލްސާ ރޯޔަލް ރެސްޓޯރަންޓުގައި އުމަރު ބޭއްވެވުމަށް ހަމަޖައްސާފައިވާ ސިޔާސީ އެއްވުމުގެ އެއްވެސް މައުލޫމާތެއް އުމަރުގެ ފަރާތުން އަންގާފައި ނުވާކަމަށާއި، ސިޔާސީ އެއްވުމެއް ބާއްވާ ކަން އެންގުމުން ފުލުހުންގެ ފަރާތުން އެކަމަށް ދޭންޖެހޭ ރައްކާތެރިކަން ދިނުން ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމަކާ ގުޅިގެން ގާނޫނީ ޒިންމާ ނަގަންޖެހޭ ފަރާތަކާ ކޯޑިނޭޓް ކުރުމުގެ ގޮތުން އެފަރާތަކާ ފުލުހުން ބައްދަލު ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިރޭގެ ބައްދަލުވުން ފުލުހުން ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ ފުލުހުން ބުނީ އެފަދަ ކަމެއް ކުރުމަކަށް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށެވެ.

އުމަރު ގެ ފަރާތުން މިރޭ ބާއްވަނީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ރާއްޖެ ގެނެސް ހައްޔަރު ކުރުމާ ގުޅިގެން "ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި ބާއްވާ ސަޔެކެވެ. އެންމެ ފުރަތަމަ އުމަރު ބޭއްވެވުމަށް ނިންމެވީ ޖަލްސާއެކެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން ޖުލައި 26 ގެ ކަންކަމަށް ބުރޫ އަރާފާނެ ކަމަށް ވިދާޅުވެ ބިލަތް މީރުކުރުމަކަށް ބަދަލު ކުރިއެވެ. މިރޭ ބާއްވާ ސައިވެސް ކެލްސަލް ކުރިކަމަށް ބައެއް މީޑިއާގައު ހަބަރު ފެތުރި ނަމަވެސް ކެންސަލް ނުކުރައްވާ ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ. ގަޑިން 9 ޖެހި އިރު އަދި މާ ގިނަ މީހަކު ސަލްސާއަކު ނެތެވެ.

2010 ވަނަ އަހަރު ބޭސްފަރުވާ އަށް ލުތުފީ ރާއްޖެއިން ބޭރަށް ގޮސް، 9 އަހަރު ވަންދެން ފިލާ އުޅުމަށް ފަހު، މިދިޔަ މޭ މަހު އެއް ވަނަ ދުވަހު އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ގޮސް އަމާންދީފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އުމަރާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީއަށް ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

އުމަރު ވިދާޅުވީ، އޭނާ ބާއްވަވާ ބިލެއްމީރު ކުރުން ޗެނަލް 13 އިން ލައިވްކޮށް ދައްކާނެ ކަމަށެވެ.