އަލްނޫރު ހިކިކިރުގެ ހާއްސަ އަގުތަކެއް ބާޒާރަށް ތައާރަފްކޮށް، ޕެކެޓެއް ގަންނަ ކޮންމެ މިހަކަށްކަށްވެސް އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފިއެވެ.

އެސްޓީއޯ ސުޕަމާޓުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އަލްނޫރު ހިކިކިރު ޕެކެޓަކާއެކު އަލްނޫރު ލޯގޯޖެހި ހާއްސަ ކޮލިޓީ ރަނގަޅު ބިއްލޫރި ތަށްޓެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. މިޕްރޮމޯޝަނަކީ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ޕްރޮމޯޝަނެކެވެ.

އަލްނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސްޓަފް" ގެ މޮޅު އުފެއްދުމެކެވެ. މިކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އަލްނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ހިކިކިރު ކޮންމެ ސައިޒެއްގެ ޕެކެޓަކާއެކު ރީތީ ބިއްލޫރި ތަށްޓެއް ކަސްޓަމަރުންނަށް މިޕްރޮމޯޝަނުން ލިބޭނެއެވެ.

އަލްނޫރު ހިކި ކިރުގެ ހާއްސަ ޕްރޮމޯޝަންގެ ޕޯސްޓަރު / ފޮޮޓޯ: އެސްޓީއޯ

މި ޕްރޮމޯޝަންގެ ހާއްސަ އަގުތައް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓް ފިހާރައިން ލިބޭނެއެވެ. އަދި ކޭހުން ގަންނަ ނަމަ، އެސްޓީއޯ ސުޕަމާޓް އަދި ސުޕަމާޓް ހޯލްސޭލް ސެންޓަރުން ލިބޭނެއެވެ.

އަލްނޫރު ހިކިކިރުގެ ހާއްސަ އަގުތައް ރީޓެއިލްކޮށް:

  • 800 ގުރާމް - 95 ރުފިޔާ
  • 1800 ގުރާމް - 102 ރުފިޔާ
  • 2250 ގުރާމްގެ - 245 ރުފިޔާ

އަލްނޫރު ހިކިކިރުގެ ހާއްސަ އަގުތައް ކޭހުން:

  • 800 ގުރާމް (12 ޕެކެޓު) - 1035 ރުފިޔާ
  • 1800 ގުރާމް (6 ޕެކެޓު) - 1165 ރުފިޔާ
  • 2250 ގުރާމް (6 ޕެކެޓު) - 1385ރ

ޕްރޮމޯޝަނުން ލިބެމުންދާ ރީތި ބިއްލޫރި ތައްޓަށް ގިނަބަޔެއްގެ އަދި ހާއްސަކޮށް އަންހެން ކަސްޓަމަރުންގެ ތަރުހީބު ލިބެމުންދާކަމުގައި އެސްޓީއޯ ސުޕަމާޓުން މައުލޫމާތުދެއެވެ. މީގެ އިތުރުން، އަލްނޫރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓުން ލިބެން ހުރިއިރު، އަންނަ މަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުންވެސް ލިބެން ފަށާނެ ކަމަށް އެސްޓީއޯން ބުނެއެވެ.