ދުނިޔޭގެ ދެވަނަ އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާއިން އެގައުމުގެ މާލީ ދާއިރާގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތު، އާންމުކޮށް މުޅި ދުނިޔެއަށް ހުޅުވާލައިފިއެވެ.
ޗައިނާގެ މާލީ ދާއިރާގައި އިންވެސްޓް ކުރުމަށް އެގައުމުން ހުޅުވާލާފައި މިވަނީ ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ ދަށަށް ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ މިންގަނޑުތައް ވެއްޓުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.
ޗައިނާގެ މާލީ ބާޒާރަށް ގެނައި ބަދަލާއެކުގެ އެގައުމުގެ ކުންފުނިތަކުން ހިއްސާ ގަތުމާ، އިންޝުއަރަންސްއާއި ގުޅުން ހުރި ކަންކަމުގައި ދުނިޔޭގެ ހިސާބުތަކުގައި ހިންގާ ބޮޑެތި ކުންފުނިތަކަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފަހިވެގެންދާނެއެވެ.
މީގެ އިތުރުން ޕެންޝަން މެނޭޖްމަންޓް ކުންފުނިތަކަށްވެސް ޗައިނާގެ މާލީ ބާޒާރުން ފުރުސަތު ލިބިގެންދާނެކަމަށް ޗާއިނާގެ މާލީ ހަމަޖެހުމާ ތަރައްގީއާއި ބެހޭ ކޮމިޓީން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.
ޗައިނާގެ މާލީ ބާޒާރުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރާއިރު، އެ ކުންފުނިތަކުގައި ހުރުން ލާޒިމުކުރާ ޝަރުތުތަކަށް ވެސް ވަނީ ލުއި ބަދަލުތަކެއް ގެނެސްފައެވެ.
މިދަނޑިވަޅަކީ ދުނިޔޭގެ އެއް ނަންބަރު އިގުތިސޯދުގެ މަގާމު ހޯދުމަށް ޗައިނާއިން އެމެރިކާއާއި ދެކޮޅަށް ވިޔަފާރިއާއި އިގުތިސޯދީ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެކެވެ.