ކުޑަކުދިންނަށް ލިބިދޭންޖެހޭ ސިއްރިއްޔާތުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ކަރާމާތަށް އަރައިގަނެ ޔޫޓިއުބްގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަކާ ގުޅިގެން އެތައް މިލިއަން ޑޮލަރަކުން ގޫގްލް ކުންފުނި ޖޫރިމަނާވެއްޖެއެވެ.

ގޫގްލްއިން މި ފައިސާ ދައްކަންޖެހެނީ، ސަރިޔަތަށް ނުގޮސް އެއްބަސްވުމެއްގެ ދަށުން ސެޓްލްމަންޓް ޑީލް ނިންމާލި ފެޑެރަލް ޓްރޭޑް ކޮމިޝަނަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ޖޫރިމަނާ ދައްކަން ޖެހުނީ ޔޫޓިއުބް ބޭނުންކުރާ ކުޑަކުދިންގެ މައުލުމާތާ އެކުދިން ހިމެނޭ ކޮންޓެންޓް ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާއާއި ފުރައްސާރަކުރާ މީހުންގެ ކޮމެންޓުތަކަށް މާ ބޮޑު ފަރުވާލެއް ދީފައި ނުވާ މައްސަލާގައެވެ.

އޮންލައިން ޕްލެޓްފޯމްގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާ ބެހޭ ގާނޫނުތައް ބުނާ ގޮތުގައި، ބެލެނިވެރިންގެ އިއުތިރާޒާ އޮތްތޯ ނުބަލާ ނުވަތަ ހުއްދައަކާ ނުލާ ކުޑަކުދިންގެ މައުލޫމާތު ބޭނުން ކުރުމާ، އިތުރު ފަރާތަކާ ހިއްސާކުރުމަކީ ކުށެކެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން 2015 ވަނަ އަހަރު "ކިޑްސް އެޕް" ލޯންޗުކުރި ނަމަވެސް، ދޮށީ އުމުރުގެ ކުދިން ބޭނުންކުރަނީ އާންމު ޕްލެޓްފޯމެވެ.

މިމައްސަލާގައި ޔޫޓިއުބް ޖޫރިމަނާކޮށްފައި ވަނީ ކިތައް މިލިއަން ޑޮލަރުންކަން ސާފު ނުވާއިރު، މިކަމާ ބެހޭ ގޮތުން ގޫގްލްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.