ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފާހަގަ ކޮށްލެވޭ ގިނަ އިމަރާތް ތަކެއްގެ ފަރުމާ ކުރުން ތެރިޔާ ކަމަށްވާ އާޖެންޓީނާގެ އާކިޓެކްޓް ސޭޒާ ޕެއްލީ މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އުމުރުން 92 އަހަރުގައި ސޭޒާ ޕެއްލީ މިދުނިޔެއާ ވަކިވެގެން ދިޔައީ މާ ބޮޑު ބައްޔެއްގައި އުޅެފައެއް ނޫނެވެ.

ޕެއްލީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބައެއް ބިނާތަކުގެ ތެރޭގައި މެލޭޝިއާގެ 1483 ފޫޓު އުސް ޕެޓްރޮނާސް ޓަވަރާއި، ސެންފްރެންސިސްކޯގެ ސޭލްސް ފޯސް ޓަވަރާއި، ވާލްޑް ފައިނޭންޝަލް ސެންޓަރުގެ ގޮތުގައި ކުރިން ބޭނުން ކުރަމުން ދިޔަ މެންހަޓަންގައި ހުންނަ ޓަވަރު ހިމެނެއެވެ.

އެމެރިކާއަށް ހިޖުރަ ކުރުމަށް ފަހު ޕެއްލީ ވަނީ ޔޭލް ޔުނިވާސިޓީ ސްކޫލް އޮފް އާކިޓެކްޗާގެ ލެކްޗަރުކަމާއި ޑީންކަންވެސް ކޮށްފައެވެ.

ޕެއްލީ މަރުވުމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދުވެސް ވަނީ ޕެއްލީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.