"އިންކޮގްނިޓޯ" މޯޑަށް ލައިގެން އިނދެކަމުގައި ވިއަސް "އޮރިއާންކާޑު" ބަލާނަމަ އެކަން ޓްރެކް ކުރެވޭނެކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

މިކަން ބަލަމުންދަނީ ގޫގްލްއާއި ފޭސްބުކްގެ އިތުރުން އޮރަކަލް ކްލައުންޑުން ކަން ވަނީ ޔަގީން ކުރެވިފައެވެ. ސްމާޓްފޯނާއި ލެޕްޓޮޕް ބޭނުންކުރި ކަމުގައި ވީ ނަމަވެސް މިކަން އޮތީ މިހެނެވެ.

މައިކްރޮސޮފްޓްއާއި ކާނެގީ މެލަން ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ހޯދުންތައް ދައްކާ ގޮތުގައި، ފާހިޝްއަމަލު ހިންގާ މަންޒަރުތައް ހިމަނާފައިވާ ޕޭޖުތަކާ ސައިޓްތަކުގެ ތެރެއިން 93 ޕަސެންޓް ސައިޓާ ޕޭޖުތަކަކީ އެ ޕޭޖުގެ ކޮންޓެންޓް ބަލާ ފަރާތްތަކުގެ މައުލޫމާތު، 3 ވަނަ ފަރާތަކާ ހިއްސާކުރާ ބައެކެވެ. މި ދިރާސާކޮށްފައި ވަނީ ފާހިޝް އަމަލު ހިންގާ މަންޒަރުތަކާ އަޑުތައް ހިމެނޭ 22484 ވެބްސައިޓެއް، "ވެބްއެކްސްރޭ" ނަމަކަށް ކިއާ ޓޫލެއް ބޭނުންކޮށްގެން ވިލަރެސްކުރުމަށް ފަހުގައެވެ.

"އޮރިއާންކާޑު" ހިމަނާފައި ވެބްސައިޓްތަކާ ޕޭޖުތަކަށް ވަންނަ މީހުންގެ ހަރަކާތްތައް ދެނެގަތުމަށް ގޫގްލްއިން 74 ޕަސެންޓް ޓްރެކާޒް، އޮރަކަލް ކްލައުންޑްއިން 24 ޕަސެންޓް ޓްރެކާޒް އަދި ފޭސްބުކްއިން 10 ފަސެންޓް ޓްރެކާޒް ހިއްސާކުރާކަމަށް ދިރާސާއިން ދައްކައެވެ.

ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި އޮރިއާންކާޑޭ މިކިއާ ޒާތުގެ ފާހިޝް މަންޒަރުތަކާ އަޑުތައް ހިމަނައިގެން "ޕޯން" ސައިޓުތަކާ ޕޭޖުތައް އެންމެ ގިނައިން ހިންގަނީ ވިލާތުގެ ގައުމުތަކުންނެވެ. އެމެރިކާވެސް އޮތީ މިކަމުގައި ވިލާތަށްވުރެ ފަހަތުގައެވެ.

އިންކޮގްނިޓޯ މޯޑަކީ އެމީހަކު އިންޓަނެޓް ބޭނުންކޮށްގެން ކުރިކަމެއްގެ ހެކި އެ މީހަކު އެބޭނުންކުރާ ޑިވައިސްގައި ރައްކާކޮށްފައި ނުބަހައްޓާ މޯޑެކެވެ. ނަމަވެސް އެ މޯޑުގައި ކުރާ ކަންކަމަކީ ތިންވަނަ ފަރާތަކަށް ބަލާ، ޓްރެކްކޮށް، ރެކޯޑްކުރެވޭނެ ހަރަކާތްތަކެއްކަން ގިނަ މީހުންނަށް އޮންނަނީ ނޭނގިއެވެ.