ފެބުރުވަރީ މަހުން ފެށިގެން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުމުގެ ސަބަބުން އެގައުމަށް 50 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ޕާކިސްތާނުގެ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު ގުލާމު ސަރުވާރު ހާން ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ގުޅުންތައް ހީނަރުވެ، ނުރައްކާތެރި އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށް ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ކުރިމަތިވި މާލީ ގެއްލުމުގެ ތަކުލީފު އުފުލަންޖެހިފައިވަނީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ކަމަށް ސަރުވާރު ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ގިނަ އެއާލައިންތަކަކަށްވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނެވެ. އެގޮތުން ފްލައިޓްތައް ދަތުރުތައް ރީޝެޑިއުލްކޮށް، ރޫޓު ބަދަލުކުރަންޖެހުމުގެ ސަބަބުން ގިނަ ޚަރަދުތަކެއް ވަނީ ހިނގާފައެވެ.

މަސްރަހު ހަމައަކަށްއެޅި، ޕާކިސްތާނުގެ ވައިގެ ސަރަހައްދު އާންމު ހާލަތަށް ގެނެސް، ދަތުރުފަތުރަށް ހުޅުވާލީ މިދިޔަ ހަފުތާ ނިމެންދަނިކޮށެވެ.