ދުނިޔޭގެ "އިމޯޖީ" ދުވަހާ ދިމާކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލުކޮށްދޭ ފަދަ އިމޯޖީތަކެއް އެޕަލް ކުންފުނިން ތައާރަފުކޮށްފިއެވެ.

އެޕަލް އިން ތައާރަފުކުރި އިމޯޖީތަކުގެ ތެރޭގައި ފުރޮޅުލީ ގޮނޑީގައި އިންނަ މީހެއްގެ އިތުރުން، ލޯފާން މީހުން ބޭނުން ކުރާ ޒާތުގެ ދަނޑިބުރިއެއް ބޭނުންކޮށްގެން ހިނގާ މީހަކާ، އަޑުއިވުމުން މަޙްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްފައިވާ ހިއަރިންގް އެއިޑް ބޭނުންކުރާ މީހަކު ފެންނަ އިމޯޖީ ފާހަގަކުރެވެއެވެ.

އެޕަލްގެ ތަރުޖަމާނަކު ބުނީ މިފަދަ އިމޯޖީތަކެއް ތައާރަފުކުރުމުގެ މަގުސަދަކީ ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުން ތަމްސީލުކޮށްދޭއިރު، އިމޯޖީ ކީބޯޑުން އުނިވެފައިވާ ބައެއް ތައާރަފުކޮށްދިނުން ކަމަށެވެ.

ކަންމިހެންއޮތްއިރު، ހަމުގެ ކުލަ ތަފާތު އަތްތިލަތަކެއްގެ އިމޯޖީތަކެއްވެސް އެޕަލްއިން ވަނީ ތައާރަފުކޮށްފައެވެ.

މި އިމޯޖީތައް މިހާރު ތައާރަފުކުރި ނަމަވެސް، އެޕަލްގެ ކަސްޓަމަރުންނަށް މި އިމޯޖީތައް އާންމުކޮށް ބޭނުންކުރަން ފެށޭވަރު ވާނީ މިއަހަރުގެ ފަހުކޮޅު ކަމަށް މައުލޫމާތު ލިބެއެވެ.