އަނެއްކާވެސް ގެއެއްގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓިގެން އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ވެއްޓިފައި ވަނީ މާލޭ މާފަންނުގައި ހުންނަ ގެއެެއްގެ ބެލްކަނީ ކަމަށާއި، ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޭ 12:50 ހާއިރުކަމަށާއި، އެ ހާދިސާ ރިޕޯޓުކުރުމާއެކު އެ ސަރަހައްދައްގޮސް އާންމުންގެ ސަލާމަތާއި ރައްކާތެރިަކަން ކަށަވަރުކުރުމުގެ ގޮތުން އަންގަން ޖެހޭ ހުރިހާ ފަރާތަކަށް އަންގައިފައި ވާނޭ ކަމަށެވެ. އަދި މި މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެސް ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ބެލްކަނި ވެއްޓި 4 މީހުންނަށް އަނިޔާ ވެފައެވެ. އެ ހާދިސާގައި އެ ހަތަރު މީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. ބެލްކަނި ވެއްޓި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ.
މާލޭގެ ބައެއް ގެތައް ބާވުމުގެ ސަބަބުންނާއި އިމާރާތްކުރުމުގެ ފަރުވާ ކުޑަކަމުން މަގުމަތިން ހިނގައިފައިދާ މީހުންގެ ގަޔަށް މަތިން ތަކެތި ވެއްޓި އަނިޔާ ވުމުގެ ހާދިސާތައް ގިނައެވެ.