އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅީގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ ތުހުމަތު، އދއިން އިންޑިއާއަށް އަމާޒުކޮށްފިއެވެ.

މިއާއެކު އދއިންވަނީ، މި ތުހުމަތުތަކުގެ ތަހުގީގު ހިންގުމަށް އިންކުއަރީ ކޮމިޝަނެއް ގާއިމު ކުރުމަށް ވެސް ގޮވާލާފައެވެ. މިއީ ވަރަށް ސީރިއަސް މައްސަލަތަކެއްގައި ނުނީ އދއިން އެކުލަވާލާ ކޮމިޝަނެއް ނޫނެވެ.

މިފަދަ މައްސަލަތަކެއް ބަޔާންކޮށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު އޮފީހުން އާންމުކޮށްފައިވާ 43ގެ ރިޕޯޓް ބުނާ ގޮތުގައި، ކަޝްމީރުގެ ޕާކިސްތާނުގެ ވީ ފަޅީގައި ވަކިވެ ގަތުމަށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކުރަމުންދާ މައްސަލަ ފާހަގަކޮށް، ޕާކިސްތާނަށްވެސް "ހަމަލާތަކެއް" ވަނީ ދީފައެވެ.

މި ރިޕޯޓްގައި އިންޑިއާއަށް ގޮވާލި އިތުރު ކަންކަމުގެ ތެރޭގައި، ހަނގުރާމަވެރި ކޮމާންޑަރު ބުރުހާން ވާނީ 2016 ވަނަ އަހަރު މަރާލި ހާދިސާއަށްފަހު އާންމު ރައްޔިތުންތަކެއް މަރާލާފައިވާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލި ގޮވާލުން ފާހަގަކުރެވެއެވެ.

ޕާކިސްތާނާ އިންޑިއާއާއިންވެސް ހިއްސާކުރަމުންދާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި މިއަހަރުގެ ކުރީކޮޅު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނާ ދެމެދު އިތުރު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެންދިޔައިރު، ކަޝްމީރުގެ ރައްޔިތުންގެ ގިނަ ހައްގުތަކަކަށް އަރައިގެންފައިވާކަން އދއިން ފާހަގަކުރެއެވެ.

އިންޑިއާ ސަރުކާރުންވަނީ އދގެ ރިޕޯޓަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ރިޕޯޓެއް ނޫންކަމަށާ، އެއީ ވަކި މަގުސަތެއް ހާސިލުކުރުމަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް ބުނެ، މި ރިޕޯޓް ބަލައިގަތުމަށް އިންކާރުކޮށްފައެވެ.