ޗައިނާ ސަރުކާރަށް ރާއްޖެއިން ދައްކަންޖެހޭ ދަރަނި ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ 3.4 ބިލިއަން ޑޮލަރު ރާރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެވާހަކަތައް ދޮގުކުރައްވައި އެމްއެމްއޭގެ ހިސާބުތަކާ ހަވާލާދެއްވާ ޒޭންގް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރު ގައުމުތަކުގެ ދަރަނީގެ ޖުމްލަ އަދަދަކީ 3.21 ބިލިއަން ޑޮލަރު ކަަމަށާއި، އޭގެ ތެރެއިން ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭނީ 1.5 ބިލިއަން ޑޮލަރު ކަމަށެވެ.
މީގެ އިތުރުން ބުރިޖާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކައަށްވެސް ސަފީރު ވަނީ ރައްދު ދެއްވާފައެވެ.
ސަފީރު ވިދާޅުވީ ސިނަމާލެ ބްރިޖް ގާއިމް ކުރުމަށް ޖުމްލަ ހޭދަވި އަދަދަކީ 200 މިލިއަން ޑޮލަރު ކަމަށާއި، މި އަދަދުގެ 57.5 ޕަސެންޓކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީކަމަށެވެ. އަދި މީގެ 36.1 ޕަސެންޓަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދިން ލޯނު ކަމަށާއި ރާއްޖެއިން ބްރިޖު އެޅުމަށް ހޭދަކުރީ ޖުމްލަ އެ އަދަދުގެ 6.4 ޕަސެންޓު ކަމަށެވެ. އަދި ދިވެހި ރާއްޖެއިން ބްރިޖަށް ދައްކާނީ ޖުމްލަ 100 މިލިއަން ޑޮލަރު ކަމަށާއި ލޯނު ދެއްކުމަށް ޗައިނާއިން ރާއްޖެއަށް 20 އަހަރު ދުވަހުގެ މުހުލަތެއް ދީފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޒޭންގް ވިދާޅުވީ ރައީސް ނަޝީދު ސިނަމާލެ ބުރިޖާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާމެދު ހައިރާން ވެވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ބުރިޖާ ގުޅޭ ގޮތުން ވިދާޅުވީ ޖީއެމްއާރުން 77 މިލިއަނަށް ބުރިޖު ހަދައިދޭނެ ކަމަށް ބުނި ކަމަށެވެ. ނަޝީދުގެ އެވާހަކަފުޅަކީ ރައީސް ޔާމީނުގެ ސަރުކާރުން ބުރިޖު ހެދީ ބޮޑު އަގުގައި ކަމަށް ދޭހަކޮށްދެއްވަން ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވެއެވެ.
ޗައިނާ ސަފީރު ވިދާޅުވީ ސިނަމާލެ ބްރިޖް ގާއިމު ކުރުމަށް ހޭދަވި ފައިސާގެ ސައްހަ މައުލޫމާތު ރައީސް ނަޝީދަށް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް ކުރާ ކަންކަމުގައި ޗައިނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަން ފާހަގަ ކުރައްވަމުން ސަފީރު ވިދާޅުވީ، ޗައިނާގެ ތަރައްގީގެ 'އެކްސްޕްރެސް ޓްރެއިން' ދިވެހިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.
ހަމައިގައި ނެތް ވަގުތު ވާހަކަ ދެއްކޭނީ ހަމައެގޮތަށެވެ. ދޮގުހަދާ މީހުން ޙައްޤަކަށް ރުޖޫ އެއްނުވާނެވެ.
މިހާރު ޝަކުވާ ކުރާނެ ކަމެއް ނެތް. ވެރިކަމާއި ތިވަރު މީހުން ހަވާލުވާން ނޫޅުނިއްޔާ މާ ރަނގަޅު.
ހަގީގަތް ހާމައަށް ފެންނާން އޮތަސް ބައެއް ކުދިންނަށް ގަބޫލު ކުރެވޭނީ ފިތުނައިން ފޯވެފައިހުރި އަންނި ބިރުފަހަނައަޅައިގޮސް ހައްދަވާ އިތުރުފުޅު.
ތިޔަ ކެނެރީގެ ނަސީދަކައް ހަމަ އެކައްޗެއްވެސް ނޭގެއަގައެއް އޮތީމަ ތަޅަނީ ރައީސް ޔާމީން ގެ ހަބޭސް ތަރައްގީ ފެނުނީމަ ދަތް ބަރުވަނީ.....
އަބަދަކު އެއްމެން ހަމާގައި ހުންނާނެކަމެއްތެ
ޝުކުރިއްޔާ ޒޭންގ ޒިހޯންގ. ނަޝީދަކީ އާއްމުކޮށް ދޮގުހަދާ މީހެއް. ޗައިނާގެ ލޯނޭ ކިޔާގެން އެކިފަހަރު އެކިއަދަދު ކިޔަމުންދޭ. މި ސަރުކާރު ވެރިކަމާ ހަވާލުވިތާ އެއްމަސްތެރޭ 1.4 ބިލިޔަން ޑޮލަރގެ ކްރެޑިޓް ފެސިލިޓީއެއްނެގި މިއިންކުރަނީ ކޮންކަމެއްކަންވެސްނޭގެ. މިކަމާ ނަޝީދު ކަންބޮޑެއްނުވެ. ޤާނޫނު އަސާސީއާ ހިލާފަށް އިންޑިޔާ ސިފައިން ރާއްޖޭގައި ބައިތިއްބާ އެމީހުންނަށް ރައްޔަތުންގެ ފައިސާއިން ހަރަދުކޮށް ޤައުމު އަޅުވެތިކުރީމަ އެވެސް ޗައިނާޔާ ޔާމީން ކުރާ ކަމެއްތަ. ދިވެހިން ދުވަހަކުވެސް މި ސަރުކާރަށް މަޢާފެއް ނުކުރާނެ. މިސަރުކާރުގެ ވެރިންނަށް އަދަބު ދެވޭނެ.