އިންތިހާއަށް ނިވާކަން ކުޑަ ހެދުންތަކުގައި އައުރަ ކަޝްފުވާނެހެން ޝޯތައް ދިނުމަށް މަޝްހޫރު ނިކީ މިނާޖުގެ ހާއްސަ ޝޯއެއް ސައުދީ އަރަބިއްޔާގައި ދިނުމަށް ހަމަޖެއްސި ހަބަރާއެކު ސޯޝަލް މީޑިއާ ގުގުމާލައިފިއެވެ.

ނިވާކަންކުޑަ ހެދުންތަކުގެ އިތުރުން، ނިކީ މިނާޖުގެ ލަވަތަކާ ޅެންތަކަކީވެސް ބޭ އަދަބީ ގިނަ ބަސްތަކެއް އެކިލެވޭ ލަވަތަކާ ޅެންތަކަކަށްވާއިރު، ސައުދީގެ މިއުޒިކް ފެސްޓިވަލެއްގައި އޭނާގެ ގޮތުގައި ހުށަހެޅުމެއް ހުށަހަޅާލަދެވިދާނެކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

"ޖިއްދާ ވާލްޑް ފެސްޓް"ގައި ނިކި މިނާޖު ޝޯ ހުށަހަޅާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މި ކޮންސެޓަކީ، ހަރުކަށި ފިކުރުތައް ދޫކޮށް މިއުޒިކާ މުނިފޫހިފިލުވުމުގެ ދާއިރާއާއި ދިމާލަށް ސައުދީ އަރަބިއްޔާގެ މިސްރާބު ބަދަލުކުރުމަށް ނުފޫޒުގަދަ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) ފައްޓަވާފައިވާ ކެމްޕޭންގެ ތެރެއިން ބާއްވާ އެންމެ ވަރުގަދަ އެއް ހަރަކާތެވެ.