ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެގައުމުގެ ހާރިޖީ ވަޒީރު ލީ ހިސެން ލޫންގެވެ.

މި އެއްބަސްވުންތަކަކީ ވައިގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް އިތުރަށް ފުޅާ ކުރުމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެވުނު އެއްބަސްވުން ތަކެކެވެ. އެގޮތުން ވައިގެން ދަތުރުފަތުރުގެ ނިޒާމް އިރުރަށް ފުޅާ ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު އިތުރު ކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހް ސިންގަޕޫރަށް ކުރަމުން ގެންދާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ދައުލަތުގެ ވަފުދެއް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރައިސް ގެ ދެކަނބަލުންނަށް ސިންގަޕޫރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.