މީގެ 24 އަހަރު ކުރިން ރިލީޒް ކުރި "ޓޯއީ ސްޓޯރީ" ކާޓޫނުގެ 4 ވަނަ ފިލްމް "ޓޯއީ ސްޓޯރީ 4"، އެނިމޭޓަޑް ފިލްމުގެ ކެޓަގަރީން ދުނިޔޭގެ ބޮކްސް އޮފިސް ރެކޯޑް މުގުރާލައިފިއެވެ.

ނިމިދިޔަ ހަފުތާ ބަންދާ ދިމާކޮށް އެޅުވި އެނިމޭޓަޑް ކާޓޫން ފިލްމް "ޓޯއީ ސްޓޯރީ 4" ވަނީ މިހާތަނަށް 238 މިލިއަން ޑޮލަރު ހޯދާފައެވެ. މި ފިލްމު އެންމެ ކާމިޔާބީ ލެޓިން އެމެރިކާއާއި ވިލާތުގެ ގައުމުތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޗައިނާއާއި އެމެރިކާއިން ހީކުރި ވަރުގެ ތަރުހީބެއް ލިބިފައި ނެތްކަން ރެކޯޑްތަކުން ހާމަވެއެވެ.

މި ފްރެންޗައިޒްގެ ފިލްމެއް އެންމެ ފަހުން ރިލީޒްކުރީ މީގެ 9 އަހަރު ކުރިންނެވެ. އެފަހަރު ރިލީޒްކުރީ "ޓޯއީ ސްޓޯރީ 3" އަކީ، ޓިކެޓް ވިއްކައިގެން 1 ބިލިއަން ޑޮލަރު ހޯދި ފުރަތަމަ އެނިމޭޓަޑް ފިލްމެވެ.

"ޓޯއީ ސްޓޯރީ 4" ގައި މުޅިން އާ ކެރެކްޓާތަކެއް ފެނިގެން ދާއިރު، މިހާތަނަށް ލިބެމުން ދަނީ އެދެވޭ ރިވިއުތަކެއް ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.