މުދާ އުފުލާ ބޯޓަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ނޯތު ހާބަރާ ދިމާލުން ވަންނަން ދިޔަ ބޯޓަކާ ދޯންޏެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 12:46 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑްނެޓުގައި މުދާ އުފުލާ ބޯޓު ހަލާކުވެ ދިޔަވާން ފެށުމުން ފުލުހުންގެ މެރިން ޕޮލިސް އިން ވަނީ އެ ސަރަހައްދަށް ގޮސް ދިޔަވަމުން ދިޔަ ބޯޓު ނޯތު ހާބަރަށް ވައްދާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ.

މި ހާދިސާ ހިނގާފައިވާ ބޯޓާއި، ދޯންޏަކީވެސް ލައިސަންސް އޮނަ ދެ އުޅަނދު ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިމަހުގެ 7 ވަނަ ދުވަހުވެސް ވަނީ ލޯންޗަކާއި ދޯންޏެއް ޖެހި މިފަދަ އެކްސިޑެންޓެއް ހިނގާފައެވެ. އެ ހާދިސާގައި ލޯންޗުގައި ޖެހުމުގެ ސަބަބުން ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. އަދި ލޯންޗުގެ އެއްފަޅިވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.