އުސޫލު ބަދަލުކޮށް ރައީސް ދެއްވާ ހައި އެޗީވާސް ސްކޯލާޝިޕް ހާސިލް ކުރާ ދަރިވަރުންނަށް ބޭނުން ގައުމަކުން އަދި ބޭނުން ދާއިރާއަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ އޭ-ލެވެލް އިމްތިހާނުން ހައި އެޗީވާސް އެވޯޑާއި ސްކޯލާޝިޕް ހާސިލް ކުރި ދަރިވަރުންނަށް އެވޯޑާއި ސްކޮލާޝިޕް ދިނުމަށް މިއަދު ބޭއްވި ބައްދަލު ވުމުގާ ވާހަކަފުޅުދައްކަވަމުންނެވެ.

މީގެ ކުރިން ހައި އެޗީވަރަސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވެފައި ވަނީ މީގެ ކުރީން ހައި އެޗީވާސް ސްކޮލާޝިޕް ހާސިލު ކުރާ ދަރިވަރުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މަދު ގައުމުތަކަކުން ކަމަށެވެ. އަދި ރައީސް ގެ ވާހަކަ ފުޅުގައި ވަނީ ދަރިވަރުން ތައުލީމް ހާސިލް ކުރުމަށް މީގެ ކުރިން ހުޅުވާލި ދާއިރާ ތައްވެސް މަދުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މީގެ ކުރީގެ އަހަރުތަކާ ހިލާފަށް މި އަހަރުން ފެށިގެން އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އޯ.ސީ.ޑީ) ގެ ގައުމުތަކުން ރާއްޖޭގެ ހައި އެޗީވާސް ސްކޯލާޝިޕް ހާސިލުކުރާ ދަރިވަރުންނަށް ތައުލީމް ހާސިލް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށްވެސް އެމަނިކުފާނުގެ ވާހަފުޅުގައި ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލް ކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި އޭޝިޔާގެ ކުރިއަރާފައިވާ ގައުމުތަކެވެ. އޯއީސީޑީ ގައުމުތަކުގެ ތެރޭގައި ފްރާންސް، އޮސްޓްރޭލިއާ، ޖާމަނީ، ނިއު ޒީލޭންޑް، މެކްސިކޯ އަދި އިޓަލީފަދަ ކުރިއަރާފައިވާ ގިނަ ގައުމުތަކެއް ހިމެނެއެވެ.

މީގެ އިތުރުން ހައި އެޗީވާސް އެވޯޑާއި ސްކޯލާޝިޕް ހަސިލުކުރާ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަތީ ތަޢުލީމްގެ މަރުޙަލާގައި ދަރިވަރުން އުނގެނޭ ކޮންމެ އަކުރަކީ، ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް އަގުބޮޑު އިންވެސްޓެއް ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ސަރުކާރުން ދޭ ސްކޮލަޝިޕްގެ ހަގީގީ މަގްސަދު ހާސިލްވެގެން ދާނީ، އެ ކުދިންނަކީ ގާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ރޯލެއް ކުޅެވޭނެ ބަޔަކަށް ވެގެން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.