ގދ ކާޑެއްދޫ އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލީ، އެ އެއާޕޯޓުގެ އަލިފާން ނިއްވަން ބޭނުންކުރާ ލޮރީއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް، އެ އެއާޕޯޓް ހިންގާ، މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއަދު އެ އާޕޯޓުން ފުރުމަށް ތާވަލު ކޮށްފައިވާ، ފްލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ފަޔާ ލޮރީއަށް ދިމާވެފައިވާ މައްސަލަ ދެ ގަޑި އިރެއްހާއިރު ތެރޭގައި ރަނގަޅު ކުރެވޭނެ.
ރީޖަނަލް އެއާޕޯޓްސް

ރީޖަނަލް އެއާޕޯޓުގެ އޮފިޝަލަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަޔާ ލޮރީ އަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށާއި، ލަފާ ކުރެވޭ ގޮތުގައި އެ މައްސަލަ ދެ ގަޑިއެއްހާއިރު ތެރޭ ހައްލުވާނެ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓަކީ ހުވަދު އަތޮޅަށް ގިނަ ބަޔަކު ދަތުރުކުރަން ބޭނުންކުރާ އެއް އެއާޕޯޓެވެ. އަދި މި އެއާޕޯޓުގެ ސަބަބުން ސަރަހައްދުގެ ގިނަ ރިސޯޓުތަކަށް މި އެއާޕޯޓު މެދުވެރިކޮށް ޓޫރިސްޓުން ދަތުރުކުރެ އެވެ.