ޖުޑިޝަރީ ވެސް ލިބޭނީ މަގުމައްޗަށް ނިކުމެލައިގެން ކަމަށް މަންދު ކޮލެޖްގެ ޗެއާމަން އަދި މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ވިދާޅުވީ، ގާނޫނު އަސާސީ ތަސްދީގު ކުރެވުނީ މަގުމަތީ ތިބެގެން ކަމަށާއި، ވެރިކަން ބަދަލު ކުރެވުނީ ވެސް މަގުމަތީ ތިބެގެން ކަމަށެވެ. އަދި މަޖިލިސް ހިސޯރުން ނެއްޓުނީ ވެސް މަގުމަތީ ތިބެގެން ކަމަށް އިބްރާ ވިދާޅުވިއެވެ. ހަމައެފަދައިން، ޖުޑިޝަރީ ހޯދުމަށް ވެސް މަގުމައްޗަށް ނިކުމެލަން ޖެހޭހެން ހީފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާ މިހެން ވިދާޅުވިއިރު، ރާއްޖޭގެ ޖުޑިޝަރީ އަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެ، ޖުޑިޝަރީ އިސްލާހު ކުރުމަށް ބޭރުގެ ތަޖުރިބާ ކާރުން ގެނެސްގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލައިފައި ވާ އޮނިގަނޑަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކާ، ހައިކޯޓުގެ ފަނޑިޔާރަކާ، ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރަކާ، މަޖިލީހުގެ ރައިސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ ފަރާތަކާ، ސީއެސްސީ ގެ ރައީސާއި، ބަންޑާރަ ނައިބާއި، ވަކީލުންގެ ތެރެއިން އިތިހާބުކުރާ ފަރާތެއްގެ އިތުރުން ރައީސް އައްޔަން ކުރައްވާ ބޭފުޅެކެވެ.