ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުންގެ ސެކިއުރިޓީ ލިބެމުންދާތީ، ބަގާވާތް ކުރި އުމަރަށް ސެކިއުރިޓީ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ވިދާޅުވީ، އުމަރަށް ސެކިއުރިޓީ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އުމަރަކީ ފާޅުގައި ބަގާވާތް ކުރި މީހެއް ކަމަށެވެ. ފުލުހުން ބުނީ، އުމަރަށް ސެކިއުރިޓީ ދޭން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޭނާއަށް ސެކިއުރިޓީ ދޭން ފެށީ، އޭނާއަށް އިންޒާރު ދިން މައްސަލައެއްގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ކަމަށް ފުލުހުން ބުނެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، އުމަރު ކުރި ކުށް ތަކަށް އިންސާފު ނުހިންގާ ރާއްޖޭގެ އެއްވެސް މީހެއްގެ މައްޗަށް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ.
އުމަރަށް ފުލުހުންގެ ސެކިއުރިޓީ ދޭން ފެށިފަހުން، އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ސަބަބެއް އޮތްތޯ ބެލުމަށް، ފުލުހުން ވަނީ އެކިފަހަރު މަތިން ސެކިއުރިޓީ ރިވިއު ކޮށްފައެވެ. އެގޮތުން، މިދިޔަ ސަރުކާރު ބަދަލު ވި ފަހުން ވެސް އުމަރުގެ ސެކިއުރިޓީ ރިވިއު ކޮށްފައި ވާއިރު، މީގެ މަހެއްހާ ދުވަސް ކުރިން ވެސް މި ސެކިއުރިޓީ ރިވިއު ކޮށްފައި ވާނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އުމަރަށް ދެމުންދާ ސެކިއުރިޓީ ދަނީ މިހާރު ވެސް ރިވިއު ކުރަމުން ކަމަށެވެ.
އުމަރަށް ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަނީ 2016 ވަނަ އަހަރު އޭނާ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޭންގަކަށް ނިސްބަތްވާ ބަޔަކު އޭނާގެ އޮފީސް ކައިރިއަށް ގޮސް އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެވެ. ގޭންގުތަކުގެ އިންޒާރާއި އޭރުގެ ސަރުކާރުގެ ތެރެއިން ފިއްތުންތައް އުމަރަށް ކުރިމަތިވީ ހޯމް މިނިސްޓަރު ކަމުގައި ހުންނަވާ، ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގް އެޅުވުމާ ގުޅިގެންނެވެ.
ތިމަރަފުށީީ ދާއިރާގެ މެމްބަރު މުސްތަފާއޭތޯ؟ ބޭބީީ މުސްތަފާ ނޫންތޯ.