ކެނޑިނޭޅި ވަރުގަދަ ހަމަލާތަކެއް ދެމުންދާ ސޫދާންގެ އަސްކަރިއްޔާއާއި އެގައުމުގެ ޓްރާންސިޝަނަލް ސަރުކަރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އިދިކޮޅު ފަރާތްތައް އެންމެ ފަހުން އެއްގަލަކަށް އަރައިފިއެވެ.

މުޒާހަރާގެ ބައިވެރިންނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސޫދާންގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލައިވް ވަޒަނާ ކަރުނަ ގޭސް ބޭނުންކޮށްގެން އަސްކަރިއްޔާއިން ކުރިމަތިލާ ހިންގި ރެއިޑްގައި 24 ގަޑިއިރުގެ ތެރޭގައި 30 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަސްކަރިއްޔާއާއި އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރާފައިވަނީ، އެންމެ ލަސްވެގެން 9 މަސްދުވަހުގެ ތެރޭގައި ސޫދާންގައި އިންތިހާބު ބޭއްވުމަށެވެ.