ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ގެންނަން ބޭނުންފުޅުވާ ބޭފުޅަކާ މެދު އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށް އަސްލަމް ރައީސަކަށް ގެނައުމަށް ތާއީދު ކުރާ ފެކްޝަނުގައި އޯޓިސްޓިކް މީހުން ތިބިކަމަށް ސިފަވާ ގޮތަށް ފައްޔާޒު ވާހަކަ ދައްކަވައިފި ކަމަށް ބުނެ މީހަކު ދެއްކި ވާހަކައަށް ފައްޔާޒު ރައްދު ދެއްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ދޭތެރެ ޖެއްސުމުގެ ގޮތުން މިހާރު މާމައްޗަށް ދިޔައީ ކަމަށާ ކެމްޕޭނު ކުރަންޏާ ސުލްހަވެރިކަމާއެކު ކުރަން ވީ ކަމަށެވެ.

ފައްޔާޒާ ހަވާލާދީ އެޓްވީޓް ކުރި މީހާ އެ ޓްވީޓް ޑިލީޓް ކޮށް ވަނީ އެހެން ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި ފައްޔާޒު ދައްކަވާފައި އޮތް ވާހަކައެއްގެ ސްކްރީން ޝޮޓެއް ހިމްނާފައި ވެއެވެ. އޭގާއި ވަނީ ސަރުކާރުން އޯޓިޒަމަށް ވަރަށް އަވަހަށް އާސަންދަ ހަމަޖެހޭތޯ ބައްލަވާނެ ކަމަށާއި ޚުދު އެމަނިކުފާނަކީވެސް އޯޓިސްޓިކް ބޭފުޅެއް ކަމަށެވެ.

ފައްޔާޒު އެހެން ވިދާޅުވުން އެހެން މީހަކު ކެރި ޓްވީޓެއްގައި ފައްޔާޒު އެހެން ވިދާޅުވަނީ އޯޓިސްޓިކު ކުދިންނަށް މަލާމަތް ކުރައްވަނީތޯ އެހުމުން ވިދާޅުވެފައި ވަނީ "ނޫން، ބުނެފައި އެއޮތީ ހަމަ ތެދު" ކަމަށެވެ.

އޯޓިސްޓިކް މީހުންގެ ވާހަކަ ފެންމަތިވެގެން މިއުޅެނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ކަނޑައެޅުމުގައި އެމްޑީޕީ ތެރޭގައި ވާދަވެރިކަން އުފެދި، ރައީސް ނަޝީދުގެ ތާއީދު އަސްލަމަށް އޮތް އިރު ރައީސް ސޯލިހުގެ ތާއީދު އަފީފަށް އޮތްކަން ހާމަ ކުރެއްވުމުންނެވެ.