މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ކުރާ ރާސްޓަސް އަކުން 10 ޕަސެންޓް އެމް-ފައިސާގެ ގޮތުގައި އުރީދޫގެ ކަސްޓަމަރުންނަށް ހޯދޭނެއެވެ.

މާދަމާއަކީ މި ރޯދަމަހުގެ ތިންވަނަ ވީ އިރު އެމް-ފައިސާ ކޭޝްބެކް އޮފާ މެދުވެރިކޮށް ކޮންމެ ހުކުރު ދުވަހަކު ކުރާ ކޮންމެ ރާސްޓަސްއެއްގެ 10 ޕަސެންޓް އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ އިން ރޯދަމަހަށް ހާއްސަކޮށް ހިންގާ ޕްރޮމޯޝަންގެ އިސްތިހާރެއް

އެމް-ފައިސާ ވޮލެޓުގައިވާ ފައިސާ ނެގުމުގެ އިތުރުން، ވިޔަފާރިތަކަށް ފައިސާ ދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފާ ވެސް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި އަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫން އެ ކުންފުނީގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ހާއްސަ ޑިޖިޓަލް ހިދުމަތްތަކަކާއި ޕްރޮމޯޝަން ތަކެއް ތައާރަފު ކޮށްފައި ވެއެވެ. އެގޮތުން ވައިބާ މެދުވެރިކޮށް ނަމާދު ވަގުތުގެ ހަނދުމަކޮށްދޭ ޗެނަލަކާއި، ރޯދަމަހު މޮބައިލް މެދުވެރިކޮށް އޮންލައިންކޮށް ސިޔަރަތު އަޑުއެެހޭނެ ގޮތާއި، މައްކާގައި ކުރާ ތަރާވީސް ލައިވްކޮށް ބަލާލެވޭނެ ކަމަށާއި އަދި ރައްޓެހިންނާއި އާއިލާއަށް ރޯދަ ވީއްލުމެއް ވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.