ފޮޓޯ އެއް ޝެއާކޮށްލައިގެން ސެމްސަންގް އޭ80 ފޯނެއް ލިބޭ މުބާރާތެއް ރޯދައިގެ އުފާވެރިކަމުގެ ނަމުގާ ދިރާގުން ފަށައިފިއެވެ.

މި މުބާރާތުގައި ބައިވެރި ވެވޭނީ ހޭޝް ޓެގް "ރޯދަ މޫމެންޓްސް" ޖެހުމަށް ފަހު ނަގާ ފޮޓޮތައް ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމުގައި ހިއްސާ ކުރުމުންނެވެ. އަދި ކޮންމެ ހަފްތާ އަކުވެސް މި މުބާރާތުގެ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ސަމްސަންގް އޭ80 ފޯނެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް ދިރާގުން ބުނެއެވެ.

އަދި އެ ކޮންމެ ހަފްތާއެއްގެ ފޮޓޯއެއް ހޮވުމަށް ވެސް ސޯޝަލް މީޑިއާ އަށް ހޭޝްޓެގާ އެކު "ރޯދަ މޫމެންޓްސް" ޖެހުމަށް ފަހު ހިއްސާކުރާ ފޮޓޯތަކަކީ އެ ފޮޓޯއެއް ޕަބްލިޝްކުރާ ފަރާތަކުން ނަގާފައި ވާ ފޮޓޯއަކަށް ވާން ވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އަދި ދިރާގުން ބައެއް ފަރާތަތަކުން ނަގާފައި މި ހޭޝްޓެގާއެކު ސޯޝަލް މީޑިއައަށް ހިއްސާކުރާ ފޮޓޯތައް ދިރާގުގެ ޓްވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހިއްސާކުރާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ފޮޓޯތައް ހިއްސާކުރާނީ ފޮޓޯ ނަގާ ފަރާތްތަކަށް ފޮޓޯ ކްރެޑިޓް ދީފައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި މުބާރާތުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ނަސީބުވެރި އެއް ފަރާތް ހޮވާނީ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި ފޮޓޯ ހިއްސާކުރާ ހުރިހާ ފަރާތެއްގެ މެދުގާ ނަގާ ލަކީ ޑްރޯ އެއްގެ ތެރެއިން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދަނީ ކޮންމެ ރޯދަމަހަކާ ދިމާކޮށް އަގުހުރި ހަދިޔާތަކާ އެކު، އެކިކަހަލަ މުބާރާތްތައް ކުރިޔަށް ގެންދަމުންނެވެ.