މަހާ ޖައްރާފު ވިޔަސް އަނބިމީހާވިޔަސް ގެންގުޅެން ނޭނގޭ މީހަކަށް ނުވަތަ ބަޔަކަށް އެކަން ވާނީ ތަކުލީފަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ، މަހާ ޖައްރާފަށް ހަރަދު ކުރުމަކީ އެމްޓީސީސީ އަށް އޮތް ތަކުލީފެއް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ބުނުމާއި ގުޅިގެންނެނެވެ. އަދި މިކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެއްބަސްވެ ވަޑައިގަންނަވައެވެ.
މަހާ ޖައްރާފަށް އެމްޓީސީސީން ވަނީ 31.8 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) ހޭދަކޮށްފައެވެ. މި ފައިސާގެ ތެރެއިން 340 މިލިއަން ރުފިޔާ އަކީ ލޯނު ފައިސާއެވެ. ލޯނުގެ އިތުރުން އެމްޓީސީސީން ބޯޓުގެ ފަޅުވެރިންނަށާއި ބޯޓަށް ބޭނުންވާ އެހެނިހެން އެއްޗެހި ހޯދުމަށްވެސް ކޮންމެ މަހަކު އެތައް ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މަހާ ޖައްރާފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (ކޮންނަ ބޯޓު) ކެވެ. މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެއެވެ.
މަހާ ޖަރީމާ ބަންނަން އަދުރޭ އާއި ނިހާނު ހޮލެންޑަށް ދިޔަ ބޭނުން ސާފުކޮށްދީބަލަ. ބޮޑު ހަރަދު ކޮށްފަ ލާރިގަޑު ކާލާފަ ބަނދެފަ އޮތް އޮޑިއެއްކަން ދުވަހަކު ބޯޓަކަށް އެރިމީހަކަށް ވިއްޔާ އެނގޭނެ. ހަރަދުކުޑަކުރަން ކޮޓަރި މަދުކުރީމަނފަޅުވެރިން ތިބެންޖެހެނީ އެއްގަމުގަ. އަގުހެޔޮކުރަން މާކުޑަ ޕަންޕެއް ހަރުކުރީމާ ކުޑަކޮންނަ ބޯޓަކުން ފޮނުވާލެވޭ ހިސާބަށްވެސް ސޭންޑް ޕަންޕު ނުކުރެވޭ. އަދުރޭމެން ވެރިކަމުގަވެސް ހޯރަފުއްޓަށްގޮސް ވެލި ޕަންޕް ނުކޮށް ބޯޓުފުރުވާލީ. ޢަދުރޫމެން ގިނަ ވާހަކަ ދެއްކީމާވާނީ ބަދުނާމް. އަދުރޭއަށް ޖަލުއެބަ އިންތިޒާރުކުރޭ..