ވަގުތު ނޫހުން ސާއިއުކޮށްފައިވާ ދެ ހަބަރަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކިބައިން މާފަށް އެދުމަށް ވަގުތު ނޫހަށް މީޑިއާ ކައުންސިލުން އަންގައިފިއެވެ.
މެންބަރު އިމްތިޔާޒްގެ ކިބައިން މާފަށް އެދުމަށް ވަގުތަށް އަންގާފައިވަނީ އެ ނޫހުން ޝާއިއު ކުރި ދެ ހަބަރަކާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅައިފައި ވާތީ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
ވަގުތު ނޫހުން ޝާއިއު ކޮށްފައިވާ "ބުދު ދީން ވެސް ރާއްޖެއަށް ވުރެ ރަނގަޅު – މެންބަރު އިމްތިޔާޒް" މި ސުރުހީގެ ދަށުންވާ ހަބަރާ "ބުދު ދީނަށް ވުރެ ރާއްޖޭގެ ކަންކަން ގޯސް – މެންބަރު އިމްތިޔާޒް" މި ދެ ހަބަރަކީ ވަކި ފަރުދެއްގެ ދީނީ މަސްލަހަތާ ގުޅުވައިގެން ޝާއިއު ކޮށފައިވާ ހަބަރު ތަކެއް ކަމަށް މީޑިއާ ކައުންސިލުން ވަނީ ނިންމައިފައެވެ.
މި މައްސަލަ ބެލި ކޮމެޓީން ނިންމައިފައި ވަނީ ވަގުތު ނޫހުން މި ހަބަރުތަކުގައި އާންމު ކޮށްފައިވާ އާންމުންގެ ކޮމެންޓު ތަކުގައިވެސް ދިވެހި މީޑިއާ ތަކުގެ ދީނީ އަދި އަހުލާގީ މިންގަނޑާ ހިލާފު ވެފައިވާކަމަށެވެ. އަދި މިލިޔުންތައް އިސްލާހު ކުރުމަށާ، މި ލިޔުމަށް ކޮށަފައިވާ ކޮމެންޓުތައް އިސްލާހު ކުރުމަށް ވަގުތަށް ވަނީ އަންގާފައެވެ. އަދި މި މައްސަލަ ހުށައެޅި ފަރާތް ކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކިބައިން ސިޓީއަކުން މައާފަށް އެދުމަށްވެސް ވަގުތު ނޫހަށް ވަނީ މީޑިއާ ކައުންސިލުން ވަނީ އަންގައިފައެވެ.
އަދި މައާފަށް އެދުމަށް ފަހު އެކަން އެނގޭނޭ ގޮތަށް ވަގުތު އޮންލައިންގައި ޕަބްލިޝްކޮށް މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން އެކަން މީޑިއާ ކައުންސިލަށް އެންގުމަށް އެ ކައުންސިލުން ވަނީ ވަގުތު ނޫހަށް އަންގާފައެވެ.
ވެރިކަން ބަދަލުވެ ދެން އެމަޤާމުގައި ނުތިބެވޭނެހެން ހީވީމަ ރަނގު މަގުން ހުކުމެއް ނެރެލީދޯ. އެހެންނޫނީ އެމް.ޑީ.ޕީ މީހެއްވިއްޔާ ހެޔޮ އެމީހެއްގެ މަށްޗަށް ކިތައްމެ ދޮގެއްހަދާ ކިތައްމެ ވަރެއް ކުރިޔަސް އޯކޭ. އެމް.ޑީ.ޕީ މީހުންވެސް ގޮވި ވަގަށްވެސް ނަމަވެސް އެކަން ދޮގު ކުރެވޭނީ ހިންގަމުންދާ ތަޙުޤީޤުތައް ނިމުނީމަ.
ކޮބާ ދުލާޤަލަމުގެ މިނިވަންކަން... އަބުރުފުޅު އޮވޭ ދޯ މި މީހުންގެ ވެސް
އެއީ އިންތިގެ އަނގަރީތިކަމުންތަ؟