އިދިކޮޅު ޕާޓީގެ ޒިންމާ އަދާކުރަން ޕީޕީއެމުން ނިދިން ހޭލާ މަސައްކަތް ކުރަން ޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ، ދައުލަތުން ޕާޓީ ތަކަށް ހަރަދު ކުރަނީ ޒިންމާދާރުވެ މަސައްކަތް ކުރަން ކަމަށާއި ނިދިން ހޭލާ އިދިކޮޅު ޕާޓީގެ ޒިންމާ އަދާ ކުރަން ވެއްޖެ ކަމަށެވެ.

"ދައުލަތުގެ ޗެނަލް ޕީއެސްއެމް ބަލާފަ، ރާއްޖެ ޓީވީ ވެސް ބަލާފަ، އިދިކޮޅު ޕާޓީގެ ޗެނަލް 13 ބަލާ އިރު ނަށަމުން ލަވަ ކިޔަނީ" ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ހެމާ މާލިނީގެ ފަރި ހަރާކާތްތައް ދައްކާ ވީޑިއޯއެއް ޗެނަލް13 އިން ދައްކާ ސްކްރީންޝޮޓަކާ އެކު ނިޒާރު ޓްވިޓު ކުރައްވާފައި ވަނީ ހިނގަމުންދާ ސަރުކާރަށް 6 މަސް ވެގެން ދިޔަ އިރު ނަތީޖާ ފެންނަލެއް ދަށް ވާހަކަ މީހުން ދެއްކުމާ، ސަރުކާރު ޒިންމާދާރު ކުރުވުމުގައި އިދިކޮޅު ޕާޓީގެ ދައުރު ޕީޕީއެމް ކޮންގްރެސް އިން އަދާކުރަމުން ނުދާތީ އެކަމަށް ފާޑު ވިދާޅުވަމުން ކަމަށް ގަބޫލު ކުރެވެއެވެ.