ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު ބޯޓު މާލެ ގެންނަނިކޮށް ފަރަށް އަރައިފިއެވެ. ޑިފެންސް ފޯސް އާއި ފުލުހުން ބުނީ ބޯޓު ބަލާ ފާސްކުރަމުން ދާއިރު ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ހޯދާ 7 މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

މި ބޯޓު އަރާފައި ވަނީ ކ. ވިލިނގިލީ ފަރަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ.

ޖޮއިންޓް އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ ބޯޓަކީ އެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ދާދި ފަހުން ފުލުހުން ވަނީ ފަޅުރަށަކުން 150 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެލ އަދި 1 ކިލޯ އަަށް ވުރެ ގިނަ ހެރޮއިންވެސް ދާދި ފަހުން ވަނީ އަތުލާފައެވެ.