ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު ބޯޓެއް އަތުލައިފިއެވެ. ޑިފެންސް ފޯސް އާއި ފުލުހުން ބުނީ ބޯޓު ބަލާ ފާސްކުރަމުން ދާކަމަށާ މިހާރު 7 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ.

ޖޮއިންޓް އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ ބޯޓަކީ އެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބޯޓް މާލެ ސަރަހައްދަށް ގެނެސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ ބޯޓުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދާދި ފަހުން ފުލުހުން ވަނީ ފަޅުރަށަކުން 150 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެލ އަދި 1 ކިލޯ އަަށް ވުރެ ގިނަ ހެރޮއިންވެސް ދާދި ފަހުން ވަނީ އަތުލާފައެވެ.