މިދިޔަ މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ބިދޭސީއެއް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި އޭނާ ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ ހަރަކާތުގައި އޭނާ ކަމަށް ޝައްކު ކުރެވޭ މީހެއްގެ ހަށިގަނޑުގެ ބައިތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ތަހުގީގަށް ލިބިފައިވާ މައުލޫމަތުގެ އަލީގައި އޭނާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފީނައިގެން ބެލި ބެލުމުން އެހާދިސާގައި ގެއްލިފައިވާ ލުހުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާކަމަށެވެ.

ލުހުފަރަކީ ށ. ޅަައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެކެވެ. އޭނާ ގެއްލުނު ހާދިސާއާ ގުޅިގެން އެބޯޓުގައި މަސައްކަތް ކުރާ އިތުރު ބިދޭސީން ހައްޔަރު ކޮށްފައި ވާއިރު އެކިއެކި މީޑިއާގައި ރިޕޯޓު ކޮށްފައިވަނީ ލުހުފަރަށް ހަމަލާދީ މަރާލާފައި ވާކަމަށެވެ.

ލުހުފަރު ގެއްލުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރާއި 36 އަހަރުގެ ބަންގުލަދޭޝް ދެ ފިރިހެނުން ނެވެ.