އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ހަންކެޑައިން އިންސާނެއްގެ ކަށިތަކެއް ފެނިގެން އިއްޔެ ހަވީރު 3:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. ފުލުހުން ބުނީ އެ ސަރަހައްދުން ފެނުނީ ވަރަށް ދުވަސްވެފައިވާ ކަށިތަކެއް ކަމަށެވެ.

މި ކަށިތައް ދުށް މީހަކު އައްޑޫގެ އޮންލައިން މީޑިއާ އަކަށް މައުލޫމަތު ދެމުން ބުނީ އެއްވެސް ވަރަކަށް އެކަށިތަކުގައި މަސް ނެތް ކަމަށާއި، އަދި އެއީ ފިރިހެނެއް ނުވަތަ އަންހެނެއް ކަމެއް ވަކިކުރަން ނޭނގޭ ކަމަށެވެ. މީގެ އިތުރުން އެމީހާ ބުނީ ބޮޑަށް ޝައްކު ކުރެވެނީ އެއީ ކުޑަކުއްޖެއްގެ ކަށިގަނޑު ކަމުގައެވެ. އެ ސަރަހައްދުން މީގެ ކުރިންވެސް އިންސާނުންގެ ކަށިތަކެއް ފެނިފައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.