ހަނދު ނުފެނުމުގެ ސަބަބުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަމަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށާ މަދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުގެ ޖަލްސާ ބާއްވައިފައިވަނީ އިސްލާމިކް މިނިސްޓްރީގައެވެ. މި ޖަލްސާގައިވަނީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ގަރާރު ވަނީ އިއްވާފައެވެ.