ވިސާ ހަމަޖެހުނު ކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ ދަތުރު ކުރިއަސް، ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ވިދާޅުވީ، ރާއްޖެ ދަތުރު ކުރާ ބޭނުމުގެ ގޮތުން، ސްޕެޝަލް ވިސާ އަދި ބިޒްނަސް ވިސާ ނަގަން ޖެހޭ ފަރަތްތައް އެ ފަރާތްތަކުން އެދުނު ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ދަތުރުކޮށްފައި ވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިފަދަ އިން ދަތުރު ކުރާ މީހުން ރާއްޖެ ދަތުރު ކުރިއަސް، ރާއްޖެ އެތެރެ ވުމުގެ ހުއްދަ ނުދެވޭނެކަމަށް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ މިހެން ވިދާޅުވީ ކޮންބަޔަކު ރާއްޖެ އައިސްގެން ކަމެއް ނޭނގެއެވެ.

މީގެ އިތުރުން، ހަނަފީ ވަނީ މި ކަމުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުން މޯލްޑިވްސް އިމިގްރޭޝަނަށް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ސްޓޭޓް މިނިސްޓަރު ފެންވަރުގައި އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް ހަނަފީ އައްޔަން ކުރީ މިދިޔަ ޑިސެމްބަރު މަހު 23 ގައެވެ. މީގެ ކުރިން އޭނާ ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑައިރެކްޓާ އޮފް ސޭލްސްގެ މަގާމާއި އަލްބަޓްރޮސް އިންޓަނޭޝަނަލްގެ ސީއީއޯ ކަމާއި ހައިޕް މީޑިއާގެ ސީއޯއޯ ކަން ވެސް ކުރައްވައިފައެވެ.