މޫސުން ގޯސްވެ އުތުރާއި މެދު ރާއްޖެތެރޭގެ ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓް އޮފީސް) ބުނީ، މިއަދު މެންދުރު ފަހު، 14:00 ން ފެށިގެން މިރޭ 20:00 އާ ހަމައަށް ނ އަތޮޅުން ފެށިގެން ވ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ސަރަހައްދު ތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު މާރުމިނަށް ވައިގަދަ ވާނެއެވެ.

މެޓް އޮފީހުން މިއަދު ނ އަތޮޅުން ފެށިގެން ވ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނު އިރު، އެ އިދާރާއިން ރޭ ވަނީ ނ އަތޮޅުން ފެށިގެން ކ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވެސް ވައިޓް އެލާޓް ނެރެފައެވެ.

އެގޮތުން، މެޓް އޮފީހުން ވަނީ ރޭ މެންދަމު 01:30 އިން ހެނދުނު 7:30 އަށް ނ އަތޮޅުން ފެށިގެން ކ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ. އަދި މި ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނުގައި ވައިގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.