ފަތާ ޓްރެކްގައި ލައިޓް ހަރުކުރުމުގެ އިތުރުން އެތަނުގެ ތިލަވެފައިވާ ސަރަހައްދު ފުން ކުރުމުގެ މަސަތްކަތް ކުރަމުން ދާކަމަށް މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓާ މަހްލޫފް ވިދާޅުވެފައިވަނީ ފަތާ ޓްރެކްގައި ރޭގަނޑު ފެތޭނޭހެން އަލި ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ ކުރި މަސަތްކަތް ނިނިފައިވާކަމަށެވެ. މި މަސަތްކަތް ނިންމުމަށް ފަހު ރޭ ވަނީ ފަތާ ޓްރެކްގައި ހަރުކޮށްފައި ވާ ލައިޓް ތައް ދިއްލާފައެވެ.

ފަތާ ޓްރެކް ކޮންނުމަށް ބޭނުންކުރާ އެކްސްކެވޭޓާ / ފޮޓޯ: ޓްވިޓާ

މީގެ އިތުރުން މިއަދު ފަތާ ޓްރެކްގެ ތިލަވެފައިވާ ސަރަހައްދު ފުން ކުރުމުގެ މަސަތްކަތް ފަށާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އެގޮތުން ރޭ ދަންވަރު ވަނީ ކޮނުމަށް ބޭނުންވާ އެކްސްކެވޭޓާ ގެންގޮސްފައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މި މަސަތްކަތް ފަށާފައިވަނީ ފަތާ ޓްރެކް ފުންކޮށް، ރޭގަނޑު ފެތޭނޭ ގޮތަށް އެ ތަނުގައި ލައިޓު ހަރުކޮށްދިނުމަށް ރައީސް އެދިވަދައިގަތުމުން، ރާއްޖޭގެ ސްވިމިން އެސޯސިއޭޝަން އަދި އެމް.ޓީ.ސީ.ސީ އެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓާ މަހްލޫފު ވިދާޅުވިއެވެ.

ފަތާ ޓްރެކަކީ މާލޭގެ ގިނަ އަދަދެއްގެ ބަޔަކު ބޭނުން ކުރަމުން އަންނަ ތަނެކެވެ. ސްކޫލް ތަކުގެ މުބާރާތްތަކުން ފެށިގެން ގައުމީ ފެންވަރުގައި ބޭއްވޭ މުބާރާތްތައް ފަތާ ޓްރެކްގައި ބާއްވައެވެ.