ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފްތަރު މި އަހަރު ތެރޭ އެކުލަވާލައްވާނެ ކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މަސަތްކަތްތެރިންގެ ދުވަހާ ގުޅުވާއިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފްތަރު މި އަހަރު ތެރޭ އެކުލަވާލައްވާނެ ކަމަށާއި ހެޔޮ ބަދަލުތައް މުލި ސިނާއަތަށް ގެންނަވާނީ އެންމެން އެކީގައި ކަމަށެވެ. މީގެ އިތުރުން އަލީ ވަހީދު ވަނީ މަސަތްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.
މި ސަރުކާރުން ވަނީ މަސަތްކަތްތެރިން ނަށް ތަފާތު ތަމްރީން ޕްރޮގްރާމް ތައް ކުރިޔަށް ގެންދިޔުމަށާ ކިޔަވައިގެން މުޖްތަމައަށް ނިކުންނަ ޒުވާނުން މަސަތްކަތުގެ މާހައުލަށް ނެރުންފަދަ ގިނަ ވައުދުތަކެއް ވެފައެވެ.
މީގެ އިތުރުން ދިވެހި މަސަތްކަތްތެރިން އާންމުކޮށް ކުރާ މަސަތަތްކަތްތައް ކަމުގައިވާ މަސްވެރިކަމާ ދަނޑުވެރިކަން އަދި ފަތުރުވެރި ކަމުގެ ސިނާއަތު ކުރިއަރުވާނޭ ކަމަށްވެސް ވަނީ ވައުދުވެފައެވެ.