އައިއެސް ޖަމާއަތާއި ގުޅުނު ދިވެހިންނަށް ވުރެ ހަތަރު ގުނަ ގިނައިން އިނގިރޭސިން ގިނަ ވީ އެތަނުގެ މުގައްރަރުގެ ގޮތުންތޯ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސުވާލު ކުރައްވައިފިއެވެ.
އުމަރު ވިދާޅުވީ، އައިއެސް ޖަމާއަތާ ގުޅުނު ދިވެހިންނަށް ވުރެ ހަތަރު ގުނަ ގިނައިން އިނގިރޭސި ރައްޔިތުން ވަނީ އެ ޖަމާއަތާ ގުޅިފައި ކަމަށާއި އެއީ އިނގިރޭސި ވިލާތުގެ މުގައްރަރު އޮތް ގޮތަކުން ނުވަތަ ޕްރައިމް މިނިސްޓަރު ތެރޭސާ މޭ ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އުމަރު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގެ ރައްދުގައެވެ. އެގޮތުން، ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ހިންގަމުންދާ ކަންކަމަށް ބަލައި ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ. އަދި މިހާރުގެ މުގައްރަރުގެ ފޮތް ތަކުގައި ރުޅިވެރިކަމާ ނަފްރަތު އުފައްދާ ފަދަ ވާހަކަތައް މާ ގިނަ ކަމަށް ވެސް ނަޝިދު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޓެގް ކުރައްވާ ނަޝީދު ކުރެއްވި މި ޓްވީޓުގައި އިޝާރާތް ކުރައްވަނީ ސްރީލަންކާގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ އަދި އެކަމާ ގުޅިގެން ނުކުންނަމުންދާ ނަތީޖާއަށް ކަމަށް ގަބޫލު ކުރެވެއެވެ.
ނަޝީދު އަބަދު އުޅެނީ އަހަރުން ހައްލަންވެގެން. ޔެލޯކުދިންނަށް އޮޅުވާލެވުނަސް އަހަރުންނަށް ވިސްނޭ!
ކޮބައިތޯ މުޤައްރަރު ނަޝީދު
އާނ ދޮގެއް ވާ ނޫން