އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އޮފް މޯލްޑިވްސް (އީޕީއޭ)ގެ ލޯގޯ ޖަހާފައިވާ ތިމާވެށްޓާ ރަށްޓެހި ކޮތަޅެއް މޫދު ތެރޭ ފަރުމަތީގައި ހަލާކު ނުވެ އޮންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ މި ވީޑިއޯ އަކީ އާންމު މީހަކު ނަގާފައިވާ ވީޑިއޯއެކެވެ. ނަމަވެސް، މި ވީޑިއޯ އަޕްލޯޑް ކޮށްފައިވަނީ 'ޕްލާސްޓިކް ނޫން ގޮތެއް' ކިޔާ ޓްވިޓާ އެކައުންޓަކުންނެވެ. މި ވީޑިއޯ އިން ފެންނަނީ އީޕީއޭގެ ލޯގޯ ޖަހާފައިވާ ފެން ކޭސް ބަންދުކުރާ ކަހަލަ ޕްލާސްޓިކް ކޮތަޅެއް، މޫދު އަޑިން، މުރަކަތައް މަތީ އޮޔާ ދަމާ ތަނެވެ.

އީޕީއޭ މޯލްޑިވްސްގެ ޓްވިޓާ އެކައުންޓް ޓެގް ކޮށް 'ޕްލާސްޓިކް ނޫން ގޮތެއް' އިން ކުރި ޓްވީޓްގައި ވަނީ އީޕީއޭގެ 'ތިމާވެށްޓާ ރަށްޓެހި' މި ކޮތަޅަކީ ބައޯޑިގްރޭޑަބަލް ޕްލާސްޓިކް ނޫން ކަމަށާއި އީޕީއޭ އިން 'ތިމާވެށްޓާ ރަށްޓެހި' ކަމަށް ބުނާ ބުނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އީޕީއޭ ލޯގޯ ގައި އޮތް މިއުފެއްދުމާ ގުޅޭ ގޮތުން އީޕީއޭގެ ބަހެއް އަދި ނުލިބެއެވެ.