ރާއްޖޭގެ މަދަރުސާތަކުގެ އިސްލާމް މުގައްރަރަކީ ކުޅޭ ކުޅިވަރެއް ހެން ހަދާފަ އޮތް އެއްޗެއް ނޫން ކަމަށް ޝެއިހް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.
ޒައިދް ވިދާޅުވީ ރާއްޖޭގެ އިސްލާމީ މުގައްރަރަކީ ބޮޑު ކޮމިޓީ އަކުން އެކުލަވާލައި އެއްޗެއް ކަމަށާއި އެ ކޮމެޓީގެ މެންބަރުންނަކީ އެކި އިލްމީ އިންސްޓްޓިއުޝަންސް ތަކަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ޝެއިހް ޒައިދު ވަނީ ހަގީގަތާއި ހިލާފު ވާހަކަތައް އެއްވެސް ބޭފުޅަކު ނުދެއްކެވުމަށް ގޮވާލައްވާފައެވެ.
ޒައިދް ކުރެއްވި މި ޓްވީޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގެ ރައްދު ކަމުގައި ބެލެވެއެވެ. އެގޮތުން، ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ހިންގަމުންދާ ކަންކަމަށް ބަލައި ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ. އަދި މިހާރުގެ މުގައްރަރުގެ ފޮތް ތަކުގައި ރުޅިވެރިކަމާ ނަފްރަތު އުފައްދާ ފަދަ ވާހަކަތައް މާ ގިނަ ކަމަށް ވެސް ނަޝިދު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޓެގް ކުރައްވާ ނަޝީދު ކުރެއްވި މި ޓްވީޓުގައި އިޝާރާތް ކުރައްވަނީ ސްރީލަންކާގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ އަދި އެކަމާ ގުޅިގެން ނުކުންނަމުންދާ ނަތީޖާއަށް ކަމަށް ގަބޫލު ކުރެވެއެވެ.