ބައިނަލްއަގުވާމީ މަސަތްކަތްތެރިންގެ ދުވަހާ ގުޅުވާއިގެން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާނީ ވަޒީފާގެ ފުރުސަތު ހައްގެއްގެ ގޮތުގައި އެންމެންނަށް ލިބެން ޖެހޭކަމަށެވެ. މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ގައުމެއް ކުރިއަރާދަނީ ހީވާގި މަސަތްކަތްތެރިންގެ އަގުހުރި ހިދުމަތްތަކުން ކަމަށެވެ. މި ޓްވީޓުގައި ނައިބު ރައީސް ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް މަސަތްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

މި ސަރުކާރުން ވަނީ މަސަތްކަތްތެރިން ނަށް ތަފާތު ތަމްރީން ޕްރޮގްރާމް ތައް ކުރިޔަށް ގެންދިޔުމަށާ ކިޔަވައިގެން މުޖްތަމައަށް ނިކުންނަ ޒުވާނުން މަސަތްކަތުގެ މާހައުލަށް ނެރުންފަދަ ގިނަ ވައުދުތަކެއް ވެފައެވެ.

މީގެ އިތުރުން ދިވެހި މަސަތްކަތްތެރިން އާންމުކޮށް ކުރާ މަސަތަތްކަތްތައް ކަމުގައިވާ މަސްވެރިކަމާ ދަނޑުވެރިކަން އަދި ފަތުރުވެރި ކަމުގެ ސިނާއަތު ކުރިއަރުވާނޭ ކަމަށްވެސް ވަނީ ވައުދުވެފައެވެ.