ބައިނަލްއަގުވާމީ މަސަތްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެންސީގެ ނައިބު އަދި ލ.މާވަށު ދާއިރާއަށް އަށް އިންތިހާބުވެ ވަޑައިގެންފައިވާ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަސަތްކަތްތެރިންގެ އަގު ވަޒަން ކޮށް، ދިރިއުޅެވޭނެ ފުރިހަމަ އުޖޫރައަކާއި، ތަމްރީނު އަދި މަސަތްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ވީ ވައުދު ވީ އެންމެ އަވަހަކަށް ފުއްދުމަށް ގޮވާލާ ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކުރަމުންދާ މަސަތްކަތް އަދި ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުން، މަހަށް ނިކުމެ ބާނާ އެއްޗަކުން އިސްރާފު ވުމެއް ނެތި ހަމަ އަގު ހޯދައި ދޭނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފައެވެ. އަދި މެދުވެރިޔެއް ނެތި މަސްގަންނަ ފަރާތްތަކަށް މަސް ވިއްކުމުގެ މަގު ހުޅުވައިލުމާ، ދިވެހި މަސްވެރިން ބާނާ މަސް ސީދާ ސިލޯނުފަދަ މާކެޓްތަކަށް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީވެސް މަސްވެރިކަމާ ގުޅޭ ގޮތުން މި ސަރުކާރުން ވެފައިވާ ބައެއް ވައުދު ތަކެވެ.

މީގެއިތުރުން ވަޒީފާގެ ބިރުވެރިކަން ނައްތައިލުމާއި، ކިޔަވާ ނިމޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ މަސަތަކަތުގެ ދާއިރާއަށް ޒުވާނުން ހޭލުންތެރި ކުރުމަކީ ވެސް މިސަރުކާރުގެ ވައުދުތަކެވެ.

ނަމަވެސް މި ސަރުކާރުން ވީ ބައެއް ވައުދުތަކާ ހިލާފު ވަމުން ދާކަމަށް ވެސް ބައެއް ފަރާތަތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ވަޒީފާއިން ގިނަ ބަޔަކު ވަކި ކުރުންފަދަ ކަންކަން ހިނގަމުންދާތީ ބައެއް ފަރާތްތަކުން ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.