އަތޮޅު ތެރޭގެ ރަށެއްގައި ފޮރުވައިގެން ގެންގުޅުނު ދެ ކުއްޖަކު ހޯދާ، އެކަމުގައި ޝާމިލުވާ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ހައްޔަރު ކޮށްފައި ވަނީ އުމުރުނ 29 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ރޭ މެންދަމު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ދެކުދިން ހޯދާފައި ވަނީ އެކުދިން އާއިލާއަށް ފިލައިގެން ގޮސް އުޅެނިކޮށެވެ. އަދި އެ އޮޕަރޭޝަނުގައި އެކުދިން ހޯދާ އެކަމުގައި ޝާމިލުވާ މީހާ ހައްޔަރު ކުރި އިރު އެ ކުދިން ބައިތިއްބާފައި ތިބި ގެއިން މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ސާމާނާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއި ކަރުދާސް ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު އެ ދެ ކުދިން ތިބީ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާ ހަވާލުކޮށް، އެ ކުދިންގެ އާއިލާއާ ހަވާލު ކުރެވެންދެން ރައްކާތެރި މާހައުލެއްގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.