މާލެގައި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމު ކޮށްފައިވާ ޑެންގޫ އަދި ޗިކުންގުންޔާގެ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ ފަސް ދުވަހުގެ ތެރޭގައި ޗިކުންގުންޔާ ޖެހިފައިވާ މީހުންގެ އަދަދު 357 އިން 367 އަށް އަރައިފިއެވެ.

މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން 1873 ކޭސް ރިޕޯޓް ކޮށްފައި ވާއިރު ޗިކުންގުންޔާ ޖެހިގެން 828 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ރިޕޯޓްތަކާއި އަޅާބަލާއިރު މިއަހަރު ޑެންގޫ އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.