ސްޓޫޑަންޓް ލޯން ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ ލޯނަށް ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު 13:30 އަށް އިތުރު ކުރީ ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ސާވާއަށް މިއަދު ދިމާވި މައްސަލަ އަކާއި ގުޅިގެން ސާވާ ޑައުންވެފައި ވާތީއެވެ. އެ މިނިސްޓްރީން ބުނީ މިއަދު ހެނދުނު ނުވައަކުން ފެށިގެން އެންސީއައިޓީގެ ސާވާ އަށް ދިމާވި މައްސަލަ ހައްލު ކުރަން 24 ގަޑި އިރު ނަގާނެކަމަށެވެ.

މިއީ މި ސަރުކާރުން ސްޓުޑަންޓް ލޯނުގެ އެހީގައި ބޭރަށް ކިޔަވަން ދާން ހުޅުވާލި ފުރަތަމަ ފަހަރެވެ. އަދި އަންނަ ޖުލައި މަހުގެ ކުރިން ސްޓޫޑަންޓް ލޯނަށް ނަގާ އިންޓަރެސްޓްގެ މިންވަރު ކުޑަކުރަން ވެސް މި ސަރުކާރުން ވަނީ ނިންމަައިފަައެވެ.