ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދު މައްސަލައިގެ ފުރަތަމަ އަޑު އެހުން ކޯޓުގެ ފަރާތުން އާއިލާއަށްވެސް އެންގުމެއް ނެތި ކެންސަލް ކޮށްފިއެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ޝެޑިއުލް ކޮށްފައިވަނީ މިއަދު މެންދުރު 1:30 އަށެވެ. މި އަޑުއެހުން މިއަދު ކެންސަލް ކޮށްފައި ވާއިރު ދެން އަޑުއެހުމެއް އޮންނާނެ ވަކި މުއްދަތެއް ކަނޑައަޅައި އިއުލާން ކޮށްފައެއް ނުވެއެވެ.

ގެއްލުވާލައި ފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެ ގާތް ރަހުމަތްތެރިޔާ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބޮލޮގާ ޔާމީން ރަޝީދު ރަހުމުކުޑަ ގޮތަކަށް މަރާލައިފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު, މި ދެހާދިސާގެ ފަހަތުގައި ތިބި މީހުން ހޯއްދެވިފައި ވާކަމަށް އިއުލާން ކުރެއްވި ނަމަވެސް މިހާތަނަށް މި ދެހާދިސާގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.