މަސްތުވާތަކެއްޗަކީ މުޅި ގައުމުގެ ހަލާކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތް ހަބަރު ސޯޝަލް މީޑިއާގައި އާންމު ވުމާއި ގުޅިގެންނެވެ. ރޮޒައިނާ ވިދާޅުވީ މި ހުރިހާ ޑްރަގްސް މީ ހަމަ ދިވެހި ދަރިންނަށް ވިއްކާ، ބޯންދީ ހުސްކުރާ އެއްޗެހި ކަމަށާއި ޒުވާން ޖީލުތައް މަސްތުވާތަކެތީގެ ވަބާގައި ޖައްސާ ހަލާކު ކުރަމުންދާ މީހުން ހިފާ ހައްޔަރުކޮށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން އާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ތިން ދުވަސް ވާންދެން މެދުކެނޑުމެއް ނެތި ހިންގި އޮޕްރޭޝަނަކުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި އެތެރެ ކޮށްފައިވަނީ ކަނޑުމަގުން ކަމަށް ފުލުހުން ބުނާއިރު މި ތަކެތި އެ ފަޅުރަށުގައި ވަޅުލާފައިވަނީ އެތަކެތި ރާއްޖެއަށް ޓްރެފިކް ކޮށް ލޯންޗެއްގައި އެ ރަށަށް ގެންގޮސްގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން އަތުލައިގެން މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފީޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އެންމެނަށް އެނގެޔޭ ހައްލު ނުކުރެވެނީ.....