ބޮމުގެ ނުރައްކަލެއް އޮތުމާއެކު ވަގުތީ ގޮތުން އޮޕަރޭޝަންތައް މެދުކަނޑާލި ސްރީލަންކާގެ ރަސްމީ ވައިގެ ބަނދަރުގެ ހިދުމަތްތައް އަލުން ފަށައިފިއެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައް ކުއްލި ގޮތަކަށް މެދުކަނޑާލީ އެ ސަރަހައްދުގައި ގޮވާއެއްޗިހި ހަރުކޮށްފައިވާ ކާރެއް ޕާކުކޮށްފައި އޮތްކަމުގެ ޚަބަރުތަކަކާ ގުޅިގެންނެވެ.

އެއާޕޯޓް އަލުން ހުޅުވާފައިވަނީ ބޮމުގެ އެއްވެސް ނުރައްކަލެއް ނެތްކަމަށް ފުލުހުން ބުނުމާއެކުގައެވެ. ނަމަވެސް ހުރިހާ ފަރާތްތަކަކުންވެސް ހިނގާފާނެ ހާދިސާއަކަށް ސަމާލުވެ ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.