އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ، އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުން އުފުލާފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެފިއެވެ.
މިއީ އައިސިސް ދިން ހަމަލާއެއްކަމަށް އެ ޖަމާއަތުން ބުނި ކަމުގައި ވީ ނަމަވެސް، އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާކަމަށް ރޮއިޓާޒްއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.
ކަންމިހެންއޮތްއިރު، އާދީއްތަ ދުވަހުގެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލަންޑްގެ ކްރޮސްޓްޗާޗުގެ 2 މިސްކިތަކަށް އަމާޒުކޮށް ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލި ހާދިސާގެ ރައްދުގައި ދިން ހަމަލާއެއްކަމަށް ސްރީލަންކާގެ ދީފާއި ވަޒީރުގެ ނައިބު ވަނީ ވިދާޅުވެފައެވެ.