ފިލިޕީންސްގެ ވެރިރަށް މެނީލާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި އެތަނުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މެނިލާގާއި ދިރިއުޅޭ ދިވެހީންގެ ހާލު ވަރަށް ގާތުން ބަލަމުން ދާކަމަށެވެ.

މެނީލާގެ ހުޅަނގު އުތުރުން 60 ކިލޯމީޓަރުގެ ސަރަހައްދަކަށް 40 ކިލޯމީޓަރު އަޑިން 6.3 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި މަދުވެގެން 8 މީހަކު މަރުވެފައި ވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެ ބިންހެލުމާ ގުޅިގެން ބައެއް ގެތަކާއި އެހެނިހެން އިމާރާތްތައް ވެސް ބިމާ ހަމަވެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން 10،000 އެއްހާ މީހުން ދިރިއުޅޭ އިމާރާތްތައް ހުސްކޮށްފައި ވެއެވެ. އަދި ބައެއް ރޭލްވޭ ލައިނުތަކާ މައި އެއާޕޯޓެއްވެސް ބަންދުކޮށްފައި ވެއެވެ.