މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ މައްސަލައިގައި އިބްރާހިމް ފަޒީލް އޭނާ ގެންގޮސްފައިވަނީ ގަދަކަމަކުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މިއަދާ ހަމައަށް އައި އިރުވެސް އިތުރު ލީޑެއް ފުލުހުންނަށް ހޯދިފައި ނުވާކަމަށާއި މި މައްސަލަ ތަހުގީގު ކުރުމުން ފެނުނު ސީސީޓީވީ ފުޓޭޖްތަަކަށް ބަލާ އިރު އޭނާ ގެންގޮސްފައި ވަނީ ގަދަކަމުން ނޫންކަމަށް ފުލުހުންނަށް ވަނީ ކަށަވަރުވެފައި ކަމަށެވެ.
ޝިމާ ގެއްލުނު މައްސަލައާ ގުޅިގެން މީޑިއާގައި ފަޒީލް، ޝިމާ ގެންދިޔައީ ގަދަކަމުން ކަމަށް ބުނެ ދެކެވުނު ވާހަކަތައް ދޮގު ކުރަމުން ފައިރޫޝް ވިދާޅުވީ އަތޮޅުން ޖުމްލަ 9 ސީސީޓީވީ ފުޓޭޖް ބެލިފައިވާ އިރު ޝިމާއާއި ފަޒީލް ސައިކަލުގައި ދުއްވާފައި ދިޔަ ފުޓޭޖްތަކުން ޝިމާ ގަދަހަދާފައިވާ ފަދަ އެއްވެސް މަންޒަރެއް ފެނިފައި ނުވާކަމަށެވެ. އެ ފުޓޭޖުން ފެންނަނީ ފަޒީލް ސައިކަލު ދުއްވަން އިން އިރު ފަހަތު ސީޓުގައި ޝިމާ އިން ތަނެވެ.
ރިސޯޓުގެ ވަޒީފައިން ވަކިވެގެން މާލެއައިސް ހުރުމަށްފަހު 21 ފެބްރުއަރީގެ ހެނދުނު 6 ޖެހިއިރު ޝިމާ މާލެއިން ލ. އަތޮޅަށް ދާން ފުރާފައިވަނީ އޭނާގެ ދަރިފުޅު ކައިރިއަށް ދިއުމަށެވެ. އެދުވަހު ކައްދޫއަށް ދިއުމަށްފަހު ޝިމާއާއި އޭނާގެ ގާތްއެކުވެރިއަކާ ދެމެދު ކުރެވިފައިވާ މުއާމަލާތަކުން އެނގެން އެބަހުރި ކައްދޫއަށް ގޮސް ޝިމާ ހުރުމަށް ހަމަޖެހިފައި ވަނީ ފަޒީލް ކުއްޔަށް ހިފާތަނެއްގައި ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
"ކައްދޫއަށް ގޮސް އައިމިނަތު ޝިމާ ނާފިޒު ހުރުމަށް މާކުރިއްސުރެ ހަމަޖެހިފައި އޮތީ ފަޒީލާ އެއްކޮށްކަން. ފަޒީލް ކުއްޔަށް ހިފާ ތަނެއްގައި ހުންނާނެ ވާހަކަ ދެކެވިފައި އޮތީ ކުރީބައިގަ. އެހެންވީމަ އޭގެ އެއްވެސް މަޖުބޫރު ކުރުވުމެއް ނޫނިއްޔާ ޝައްކު އުފެދޭ ކަމެއް ނެތްކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ" ފައިރޫޝް ވިދާޅުވިއެވެ.
މިއަދާ ހަމައަށް ޝިމާ ގެއްލުނުތާ ދެ މަސް ވެފައިވާއިރު އެކި މީޑިއާތަކުގައި ވަނީ ޝިމާ ގަދަކަމުން ފަޒީލް ގެންދިޔަ ކަމަށް ތުހުމަތުކޮށް ވާހަކަ ފަތުރާފައެވެ. އަދި މީގެ ކުރިން ޝިމާގެ އާއިލާއިން ބުނެފައި ވަނީ ޝިމާ ގެއްލުނު މައްސަލައާ ގުޅިގެން ފަޒީލް ދައްކާ ވާހަކަ މުޅިން ދިމާނުވާ ކަމަށާއި ފަޒީލް ކަން ހިނގި ގޮތް ކިޔައިދީފައިވީ ނަމަވެސް އެކަން އާއިލާއަށް ގަބޫލުކުރަން ދަތި ކަމަށެވެ.
މިހާތަނަށް މިހާދިސާއާ ގުޅިގެން 46 މީހަކާއި ސުވާލުކޮށްފައި ވާއިރު 10 މޭލު ވައިގެމަގުން އެ ސަރަހައްދު ބަލާފައިވެއެވެ. ކަނޑުގެ ސަރަހައްދު ބަލާ ޝިމާގެ ހަށިގަނޑު ނުވަތަ މިހާދިސާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނޭތޯ ފަސް ޑައިވްކޮށްފައި ވެއެވެ. މިހާތަނަށް 17 ރަށެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި 1900 ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޝީމާގެ ކޮއްކޮޔޯ ؟؟؟؟؟؟؟؟؟؟؟؟