ސްރީލަންކާގައި ބޮމުގެ ހަމަލާ ދިން ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ: ޓްވިޓާ
ސްރީލަންކާގައި ބޮމުގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދީފައިވާ އިރު މިހާތަނަށް 215 މީހުން މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އަދި 469 މީހުންނަށް ވަނީ އަނިޔާވެފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮމުގެ ހަމަލާ ދީފައިވަނީ 10 ސަރަހައްދަކަށެވެ. އެގޮތުން ހަމަލާ ދީފާއިވާ ތަންތަނަކީ ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް، ބައްޓިކަލޯ ޗާޗްގެ އިތުރުން ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ޝަންގްރިލާ ހޮޓެލް ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ނޮގޭގޮޑާގެ ޑެމަޓަގޮޑާގައި ހުންނަ މަހަވިލާ ހައުސިންގް ކޮމްޕްލެކްސްގައި ތިން ހަމަލާއެއް ވަނީ ދީފައެވެ.
މި ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ސްރީލަންކާގެ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިމީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މި ހާދިސާގައި 7 މީހަކުވަނީ ހައްޔަރު ކޮށްފައެވެ. އަދި މިހާދިސާގައި ލަންކާގެ 3 ފުލުހަކުވަނީ މަރުވެފައެވެ. ލަންކާގައިވަނީ މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާންކޮށްފައެވެ.
އިތުރަށް ވިދާޅުވޭ...
21 April 2019, 21:00
ނަޙްފާ މުޙައްމަދު
ހަމަލާދިން މީހުން އުފުލުމުގައި ހަރަކާތްތެރިވި ޑްރައިވަރު ހައްޔަރުކޮށްފި
ހަމަލާދިން މީހުން އުފުލި ވޭން ދުއްވަން އިން ޑްރައިވަރު ވެއްލަވައްތަ ޕޮލިހުން ހައްޔަރު ކޮށްފި
21 April 2019, 20:50
ނަޙްފާ މުޙައްމަދު
މިއަދު ދިން ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ކުރިން ލިބިފައިވޭ: ލަންކާގެ ބޮޑުވަޒީރު
މިއަދު ދިން ހަމަލާތަކުގެ މައުލޫމާތު އިންޓެލިޖެންސަށް ކުރިން ލިބިފައިވާކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހާ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އެކަމުގެ މައުލޫމާތު އޭނާއަށާ އެހެން މިނިސްޓަރުންނަށް ދީފައި ނުވާކަމަށް. އެކަމާ ގުޅިގެން ފިޔަވަޅު ނޭޅީ ކީއްވެގެންކަން ބެލުމަށް ވަކިން ތަހުގީގު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި
21 April 2019, 20:48
ނަޙްފާ މުޙައްމަދު
އެއާޕޯޓަށް ވަޑައިގަންނަވާއިރު ޕާސްޕޯޓާއި ޓިކެޓް ފަސޭހައިން ނެގޭނެ ހެން ބޭއްވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި
21 April 2019, 19:48
ނިމާ ހަސަން
ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާއާ ބެހޭ ގޮތުން ހަފްތާއެއް ކުރިން އެ ގައުމުގެ ފުލުހުންގެ އިސްވެރިއާ އިންޒާރު ދިން ވާހަލަ ލަންކާގެ ދެ މިނިސްޓަރުން، ހަރިން ފާނެންޑޯ އަދި މަނޯ މަނެސަން ކަށަވަރުކޮށްދީފި
21 April 2019, 19:41
ނިމާ ހަސަން
ތުޅާދޫ ދާއިރާގެ އިންތިހާބީ މެންބަރު ހިސާން ހުސެއިން، ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން ހަމްދަރުދީ ފާޅުކުރައްވައިފި
21 April 2019, 19:17
ނިމާ ހަސަން
މިއަދުގެ ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގެ އިދިކޮޅު ޕާޓީގެ ލީޑަރާއި އެގައުމުގެ ބޮޑު ވަޒީރާއި ބައްދަލު ކުރައްވައިފި
21 April 2019, 19:10
ނިމާ ހަސަން
އެމެރިކާގެ ކުރީގެ ރައީސް ސްރީލަންކާއާ އެކު
21 April 2019, 18:49
ނިމާ ހަސަން
ލަންކާގައި ދިން ހަމަލާ ތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
- މިއަދުގެ ހަމަލާތަކާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް މިވަގުތަށް ފެނިވަޑައިނުގަންނަވާ: ޕޮލިސް ކޮމިޝަނަރު ހަމީދު
- ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓު ތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި. އޭގެތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އައްޑޫ ސިޓީ ގަން އިންޓަނޭޝަންނަލް އެއާޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ
- މޭލޭގެ ސަލާމަތީ ކަންކަންވެސް ވަނީ ވަރުގަދަކޮށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްވުރެ އިތުރަށް މާލޭގެ ސަރަހައްދުތައް ބަލަހައްޓަމުން ގެންދާނެ
21 April 2019, 18:38
ނިމާ ހަސަން
މިއަދުގެ ހަމަލާގައި ޒަހަމްވި 35 ބިދޭސީންގެ ތެރޭގައި އެމެރިކާ، ޑެންމާކް، ޗައިނާ، ޖަޕާން، ޕާކިސްތާން، މޮރޮކޯ، އިންޑިއާ އަދި ބަންގަދަލޭޝްގެ ރައްޔިތުން ހިމެނޭކަމަށް ލަންކާގެ ނޭޝަނަލް ހޮސްޕިޓަލުން މައުލޫމާތުދޭ
21 April 2019, 18:25
ނިމާ ހަސަން
ލަންކާއަށް މިއަދު ދިން ހަމަލާތަކުގައި ބޮންތައް އުފުލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވޭނެއް އަތުލައިގެންފި
ބޮމްތައް އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވޭނެއް ޑްރައިވަރާ އެކު ވެއްލަވައްތައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި
21 April 2019, 18:22
ނިމާ ހަސަން
ކޮލޮމްބޯގެ ޕޮލިސް ހެޑްކުއާޓާސްގައި ހާއްސް އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށްފި
21 April 2019, 18:16
ނިމާ ހަސަން
ވަކި ވަކި ހޮސްޕިޓަލްތަކުގައި މަރުވި އަދި ޒަހަމްވި މީހުންގެ އަޕްޑޭޓް:
- ނޭޝަނަލް ހޮސްޕިޓަލް: 73 މަރު، 269 ޒަހަމް
- ކަޅުބޯވިލާ ހޮސްޕިޓަލް: 2 މަރު، 6 ޒަހަމް
- ނެގަމްބޯ ހޮސްޕިޓަލް: 104 މަރު، 100 ޒަހަމް
- ރަގަމާ ހްސްޕިޓަލް: 7 މަރު، 32 ޒަހަމް
- ބައްޓިކަލޯ: 28 މަރު، 51 ޒަހަމް
21 April 2019, 18:14
ނިމާ ހަސަން
ލަންކާގެ ބޮމުގެ ހަމަލާގެ އަޕްޑޭޓް:
- ލަންކާގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފި
- މަރުވި މީހުންގެ އަދަދު 215
- 469 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެ އެކިވަރުގެ އަނިޔާލިބިފައި
- އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައެއް ނުވޭ
- މި ހަމަލާތަކާ ގުޅިގެން ޖުމްލަ 7 މީހުން ވަނީ ހައްޔަރުކޮށްފައި
- މި ހާދިސާގައި 3 ފުލުހަކު ވަނީ މަރުވެފައި
- ޖުމްލަ 10 ސަރަހައްދެއްގައި ބޮމުގެ ހަމަލާދީފި:
- 3 ޗާޗް: ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް އަދި ބައްޓިކަލޯ ޗާޗް
- 4 ހޮޓެލް: ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް، ޝަންގްރިލާ ހޮޓެލް އަދި ޓްރޮޕިކަލް އިން ހޮޓެލް (ދެހިވަލަ)
- ފަހު 3 ހަމަލާ: ނޮގޭގޮޑާގެ ޑެމަޓަގޮޑާގައި ހުންނަ މަހަވިލާ ހައުސިންގް ކޮމްޕްލެކްސްގައި
21 April 2019, 18:06
ނިމާ ހަސަން
މަރުވި މީހުންގެ އަދަދު 215 އަށް އަރައިފި
ލަންކާގެ ބޮމުގެ ހާދިސާގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ
21 April 2019, 18:02
ނިމާ ހަސަން
ލަންކާގައި އުޅޭ އެމެރިކާގެ ރައްޔިތުންނަށް ޔޫއެސް އެމްބަސީއަށް ގުޅޭނެ ނަންބަރެއް އިއުލާންކޮށްފި
21 April 2019, 17:59
ނިމާ ހަސަން
ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފި
21 April 2019, 17:49
ނިމާ ހަސަން
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން ނިންމައިފި
21 April 2019, 17:45
ނިމާ ހަސަން
ސްޓޭޓް މިނިސްޓަރު ލަންކާއަށް ފުރާވަޑައިގަންނަވަނީ
21 April 2019, 17:31
ނިމާ ހަސަން
ރައްޔިތުން ހަމަޖެހިގެން ތިބުމަށް ލަންކާގެ ބޮޑު ވަޒީރު އިލްތިމާސް ކުރައްވައިފި
21 April 2019, 17:14
ނިމާ ހަސަން
ވަކި ވަކި ހޮސްޕިޓަލްތަކުގައި މަރުވި މީހުންގެ އަދަދު
21 April 2019, 17:07
ނިމާ ހަސަން
މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިން ގާއިމްކޮށްފި
21 April 2019, 17:02
ނިމާ ހަސަން
21 April 2019, 16:56
ޢާއިޝަތު ޝާޒްލީން
މަރުވިމީހުންގެ އަދަދު 207 އަށް އަރައިފި
ބޮމުގެ ހަމަލާގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ގެންދަނީ / ފޮޓޯ: ޓްވިޓާ
ބޮމުގެ ހަމަލާތަކުގައި ސްރީލަންކާގައި މަރުވި މީހުންގެ އަދަދު 207 އަށް އަރައިފި.
21 April 2019, 16:45
ނަޙްފާ މުޙައްމަދު
މަރުވި މީހުންގެ ތެރެއިން 5 ބިދޭސީއެއްގެ ހަށިގަނޑު ދެނެގަނެވިފައިވޭ: ފޮރިން ސެކްރެޓަރީ
މަރުވި މީހުންގެ ތެރެއިން 5 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށް ލަންކާގެ ފޮރިން ސެކްރެޓަރީ ވިދާޅުވެއްޖެ. އަދި އަނެއް 22 މީހުން ބިދޭސީންގެ ގޮތުގައި ބަލާފައިވަނީ ހަމުގެ ކުލައިގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވޭ.
21 April 2019, 16:36
ނަޙްފާ މުޙައްމަދު
ގިނައީ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތައް: ޑިފެންސް މިނިސްޓަރު
ލަންކާގައި ހިނގި ބޮމުގެ ހާދިސާގެ ތެރެއިން / ފޮޓޯ: ޓްވިޓާ
ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި ގިނައީ ޖާނުންފިދާވުމުގެ ހަމަލާތަކެއް ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ. އަދި އެ ހަމަލާތައް ދީފައިވަނީ އެންމެ ގްރޫޕަކުން ކަމަށް ވެސް ލަފާކޮށްފައިވޭ.
21 April 2019, 16:34
ނަޙްފާ މުޙައްމަދު
ބޮންގޮއްވި މައްސަލައިގައި 7 މީހަކު ހައްޔަރު ކޮށްފި
ލަންކާގައި ދިން ބޮމުގެ ހަމަލާ ތަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި.
21 April 2019, 16:16
ނަޙްފާ މުޙައްމަދު
ބޮމުގެ ހަމަލާތައް އދ. އިން ކުށްވެރިކޮށްފި
ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތައް އދ އިން ކުށްވެރިކޮށްފި. އަދި މަރުވި މީހުންނާ އަނިޔާވި މީހުންގެ އާއިލާތަކަށް އދ. އިން ހަމްދަރުދީ ފޮނުވާފައިވޭ.
21 April 2019, 16:11
ނަޙްފާ މުޙައްމަދު
ވަކި މުއްދަތެއް ނެތްގޮތަށް ކޮލެޖް ޔުނިވާސިޓީ ތައް ބަންދު ކޮށްފި
ވަކި މުއްދަތެއް ނެތް ގޮތަށް ލަންކާގެ ސަރުކާރު ކޮލެޖްތައް ބަންދު ކޮށްފި. މިއަދު ހެނދުނުގެ ވަގުތެއްގައި ސުކޫލުތައް ވެސް ބަންދު ކޮށްފައިވޭ. އަދި ކޮލެޖް ޔުނިވާސިޓީ ތަކުގެ އިމްތިހާނުތައް ވެސް ފަސްކޮށްފައިވޭ.
21 April 2019, 16:11
ޢާއިޝަތު ޝާޒްލީން
ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑާ މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓުވީޓް
21 April 2019, 16:04
ނަޙްފާ މުޙައްމަދު
މިތިބީ އެހިވެދޭން ތައްޔާރަށް: ޓްރަމްޕް
ސްރީ ލަންކާ އަށް އެހީވެދޭން އެމެރިކާއިން ތައްޔާރަށް ތިބި ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ.
21 April 2019, 15:58
ޢާއިޝަތު ޝާޒްލީން
ސްރީލަންކާއަކީ ތާރީހީ އަދި ސަގާފީ ގޮތުން ދިވެހިންނާ ގާތްގުޅުންތަކެއް އޮންނަ ގައުމެއް. ސްރީލަންކާގައި މިއަދު ދިން ނުރައްކާތެރި ހަމަލާތައް ކުށްވެރިކުރަން - މިނިސްޓަރު ޔުމްނާ މައުމޫން
21 April 2019, 15:55
ނިމާ ހަސަން
ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަންކާއަށް ފޮނުއްވުމަށް ހަމަޖައްސަވައިފި
21 April 2019, 15:55
ޗެކްޕޮއިންޓްތަކަށް ޓިކެޓް ދެއްކުމުން، ކާފިއު ތެރޭގައިވެސް ފަސެންޖަރުންނަށް ދަތުރުކުރެވޭނެ: ސްރީލަންކަން އެއާލަިއންސް
21 April 2019, 15:54
ނިމާ ހަސަން
ސްރީލަންކާގައި ރޭލު ދަތުރު ހިދުމަތްތައް މެދުކަނޑާލައިފި
21 April 2019, 15:54
ނިމާ ހަސަން
ލަންކާގެ ފުލުހުންނާ ސިފައިންނަށް ދީފައިވާ ޗުއްޓީ ކެންސަލްކޮށް މުޅި ގައުމު އެލާޓަށް ގެނެސްފި
21 April 2019, 15:53
ނަޙްފާ މުޙައްމަދު
ލަންކާގެ ސަރުކާރު ކޮލެޖް ޔުނިވާސިޓީތަކުގެ އިމްތިހާނުތައް ފަސްކޮށްފި
21 April 2019, 15:53
ޢާއިޝަތު ޝާޒްލީން
ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން ހޯދިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެމީހުން ހައްޔަރުކުރެވޭނެ ކަމަށް ސްރީލަންކާގެ ދިފާއީ ވަޒީރު ވިދާޅުވޭ
21 April 2019, 15:46
ނަޙްފާ މުޙައްމަދު
ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބީ ކުޑަ ޖަމާއަތެއް : ލަންކާގެ ޕްރައިމް މިނިސްޓާ
21 April 2019, 15:44
ޢާއިޝަތު ޝާޒްލީން
ލަންކާގެ 10 ސަރަހައްދެއްގައި ބޮމުގެ ހަމަލާ މިއަދު ދީފައިވާ އިރު މިހާތަނަށް މި ހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި.
21 April 2019, 15:35
ޙުސައިން މަޚްތޫމް
މިހާތަނަށް 10 ބޮން ގޮއްވާލައިފި
ލަންކާގައި މިއަދު ދެމުންދާ ބޮމުގެ ހަމަލާގައި، އިތުރު ތަނެއްގައި ބޮން ގޮއްވާލައިފި. މި ފަހަރު ބޮން ގޮއްވާލާފައިވަނީ ޑަމަޓަގޮޑާގައި ހުންނަ މަހަވިލާގެ ހައުސިން ޔުނިޓްތަކެއްގައި.
21 April 2019, 15:33
ޢާއިޝަތު ޝާޒްލީން
ލަންކާގެ ބޮމުގެ ހަމަލާގެ އަޕްޑޭޓް:
- ލަންކާގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފި
- މަރުވި މީހުންގެ އަދަދު 200
- 469 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެ އެކިވަރުގެ އަނިޔާލިބިފައި
- އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައެއް ނުވޭ
- މި ހަމަލާތަކާ ގުޅިގެން ޖުމްލަ 3 މީހުން ވަނީ ހައްޔަރުކޮށްފައި
- މި ހާދިސާގައި 3 ފުލުހަކު ވަނީ މަރުވެފައި
- ޖުމްލަ 10 ސަރަހައްދެއްގައި ބޮމުގެ ހަމަލާދީފި:
- 3 ޗާޗް: ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް އަދި ބައްޓިކަލޯ ޗާޗް
- 4 ހޮޓެލް: ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް، ޝަންގްރިލާ ހޮޓެލް އަދި ޓްރޮޕިކަލް އިން ހޮޓެލް (ދެހިވަލަ)
- ފަހު 3 ހަމަލާ: ނޮގޭގޮޑާގެ ޑެމަޓަގޮޑާގައި ހުންނަ މަހަވިލާ ހައުސިންގް ކޮމްޕްލެކްސްގައި
21 April 2019, 15:32
ޙުސައިން މަޚްތޫމް
ބޮންގޮއްވިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި
ޑެމަޓޮގޮޑާގައި ބޮންގޮއްވިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި. މިހާތަނަށް ބޮންގޮއްވި ކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި.
21 April 2019, 15:29
ޙުސައިން މަޚްތޫމް
ލަންކާގެ ހޮސްޕިޓަލްތައް ފުނިޖެހިފައި. މަރުވި މީހުންގެ އަދަދު 190 ގައި.
https://www.facebook.com/adaderana/videos/2206785152915577/
21 April 2019, 15:21
ޙުސައިން މަޚްތޫމް
މިހާތަނަށް 6 ފުލުހަކު ވަނީ މަރުވެފައި
ޑެމަޓަގޮޑާގައި ދިން ބޮމުގެ ހަމަލާ އަދި ދެހިވަލާގައި ދިން ބޮމުގެ ހަމަލާގައި ޖުމްލަ 6 ފުލަހަކު ވަނީ މަރުވެފައި. މަރުވި މީހުންގެ އަދަދު 190 އަށް އަރާ.
21 April 2019, 15:17
ޙުސައިން މަޚްތޫމް
ޑަމަޓަގޮޑާ ގޮވުމުގައި ފުލުހަކު މަރުވެއްޖެ: މީޑިއާ
21 April 2019, 15:13
ޙުސައިން މަޚްތޫމް
ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދު
21 April 2019, 15:09
ޙުސައިން މަޚްތޫމް
ބައެއް ވިޔަފާރިތައް ވެސް ބަންދުކޮށްފި
ބޮމުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ ސުޕާމާކެޓްތައް ދަނީ ބަންދުކުރަމުން. ކީލްސްގެ އައުޓްލެޓްތައް މިހާރުވަނީ ބަންދުކޮށްފައި
21 April 2019, 15:09
ޙުސައިން މަޚްތޫމް
ހަމަލާ ދީފައިވާ ސަރަހައްދުތަކަށް އާންމުން ނުދިއުމަށް ސްރީލަންކާގެ ސަރުކާރުން ގޮވާލާ
21 April 2019, 15:08
ޙުސައިން މަޚްތޫމް
ޑެމަޓަގޮޑާ ބޮން ގޮއްވާލި ތަނުގެ ކައިރީގައި އިން ގެއެއް ބަލާ ފާސްކުރަނީ
ޑެމަޓަގޮޑާ ބޮން ގޮއްވާލި ތަނުގެ ކައިރީގައި އިން ގެއެއް ބަލާ ފާސްކުރަނީ. މި ގެ ބަލާ ފާސްކުރަނީ ބޮން ހުރެދާނެކަމަށް ބަލައިގެން.
21 April 2019, 15:07
ޙުސައިން މަޚްތޫމް
ބޮމުގެ ހަމަލަތަކާ ގުޅިގެން ޑެމަޓަގޮޑާގެ ގެއެއް ބަލާ ފާސްކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެ
ޑެމަޓަގޮޑާގައި މިހާތަނަށް ދެ ބޮމެއް ވަނީ ގޮއްވާލާފައި